09 Jul 2015, 10:48
މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައި އޮތުމަށް ފަހު ގަޑިއިރެއްގެ ފަހުން ކަރަންޓު ދީފި އެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް އިބްރާހީމް ރައޫފް 'ސަން' އަށް ވިދާޅުވީ މިއަދު ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެޑުނީ ބޮޑު ދެ އިންޖީނު ފެއިލްވުމާ ގުޅިގެން ކަމަށެވެ. ނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލޭގެ ބައެއް ސަރަހައްދުން މިއަދު 9:20 އެހާކަންހާއިރު ކަރަންޓު ކެނޑިފައިވާ އިރު 10:20 ކަންހާއިރު އެސަރަހައްދުތަކަށް ކަރަންޓް ވަނީ އަނބުރާ ދީފަ އެވެ.