މައިލޯ ވެޓަރަންސް ކަޕްގައި ސޮކާ ވެޓަރަންސް އެސޯސިއޭޝަނުން 5-2 ގެ ނަތީޖާއަކުން ބީޖީ ބަލިކޮށްފި އެވެ.

ކުޅިވަރު އެކުވެނީގެ ޓާފު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗްގައި ފުރަތަމަ ލަނޑު ޖެހީ ބީޖީއިންނެވެ.

މެޗްގެ ނުވަ ވަނަ މިނެޓްގައި ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އިސްމާޢީލް ނާސިހެވެ.

އޭގެ ދިހަ މިނެޓް ފަހުން މެޗްގެ 19 ވަނަ މިނެޓްގައި ސޮކަވެޓަރަންސްއަށް ނަތީޖާ ހަމަހަކޮށްދިނީ ޒިޔާދު މުހައްމަދެވެ.

މެޗްގެ 36 ވަނަ މިނެޓްގައި ސޮކަވެޓަރަންސް ޓީމަށް ލީޑް ނަގައިދިނީ މެޗްގައި ދެ ލަނޑު ޖެހި އިސްމާޢީލް މުޙައްމަދެވެ.

މެޗްގެ 43 ވަނަ މިނެޓްގައި ބީޖީގެ މުޙައްމަދު ރަމީޒު ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ނަމަވެސް އޭގެ ދެމިނެޓްފަހުން ސޮކަވެޓަރަންސްގެ އިބްރަހިމް ހަލީމްވަނީ އެޓީމަށް އަލުން ލީޑް ނަގައިދީފައެވެ.

އިސްމާއިލް މުޙައްމަދު ވަނީ 56 ވަނަ މިނެޓްގައި ލަނޑު ކާމިޔާބުކޮށް ސޮކޮވެޓަރަންސް ޓީމަށް ލީޑް ފުޅާ ކޮށްދީފައެވެ.

އޭގެ ދެމިނެޓް ފަހުން ޢަލީ ޝަމީމު (ކޮޔަރު އައްޔަ) ވަނީ ސޮކަ ވެޓެރަންސްގެ ފަސްވަނަ ލަނޑު ކާމިޔަބުކޮށްފައެވެ.

މެޗްގައި ބީޖީގެ ކުޅުންތެރިން ވަނީ ރެފްރީގެ ނިންމުތަކާ މެދު ހިތް ހަމަނުޖެހި ރެފްރީއާ ދިމާކޮށްލާފައެވެ. އަދި އެވަގުތު ބީޖީގެ ބެންޗުން ވަނީ، މެޗްގެ އޮފިޝަލުންނާ ދިމާކޮށްފައެވެ.

ވެޓަރަންސް ކަޕްގައި ބީޖީއާއި ސޮކަ ވެޓަރަންސް އެސޯސިއޭޝަން ބައްދަލު ކުރި މެޗްގައި ހިނގަދިޔަ ހަމަނުޖެހުން ތަކުގެ ތެރެއިން --- ސަން ފޮޓޯ/ ޙުސައިން ހަބީބު

މިކަންތައްތަކުގެ ތެރެއިން ބީޖީގެ ބެންޗްގައި އިން އޮފިޝަލެއް މެޗްގެ އޮފިޝަލެއްގެ 'ގަޔަށް އަތް ލައިގެން' މެޗްގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ފުލުހުން ވަނީ ބީޖީގެ އޮފިޝަލް ފޮނުވާލާފައެވެ.

ވެޓަރަންސް ކަޕްގައި ބީޖީއާއި ސޮކަ ވެޓަރަންސް އެސޯސިއޭޝަން ބައްދަލު ކުރި މެޗްގައި ހިނގަދިޔަ ހަމަނުޖެހުން ތަކުގެ ތެރެއިން --- ސަން ފޮޓޯ/ ޙުސައިން ހަބީބު

ބީޖީގެ ބެންޗްގައި ތިބި ބައެއް ކުޅުންތެރިންނާއި ބައެއް އޮފިޝަލުން ވަނީ މެޗްގެ އޮފިޝަލުން ތިބި މޭޒަށް އައިސް އޮފިޝަލުންނާ ދިމާކޮށް ހަދައިފައެވެ.

ވެޓަރަންސް ކަޕްގައި ބީޖީއާއި ސޮކަ ވެޓަރަންސް އެސޯސިއޭޝަން ބައްދަލު ކުރި މެޗްގައި ހިނގަދިޔަ ހަމަނުޖެހުން ތަކުގެ ތެރެއިން --- ސަން ފޮޓޯ/ ޙުސައިން ހަބީބު

މެޗަށް ނިކުތް އިރުވެސް މި ދެޓީމް އޮތީ ސެމީފައިނަލަށް ދަތުރު ކޮށްފައެވެ.

މެޗަށް ފަހު ހިނގައިދާނެ ހަމަނުޖެހުމަކަށް މެޗްގެ ސަލާމަތީ ކަންކަން ބަލަހައްޓަން ހުރި ފުލުހެއް ދަނޑު މަތީގައި ހަރަކާތްތެރި ވަނީ --- ސަން ފޮޓޯ/ ޙުސައިން ހަބީބު

މި މުބާރާތުގައި މާދަމާ ކުޅޭ މެޗްގައި ބައްދަލު ކުރާނީ މާލޭ ވެޓަރަންސްއާއި ވިކްޓްރީއެވެ.

ބީޖީގެ ބައެއް އޮފިޝަލުން މެޗްގެ އޮފިޝަލަކާ ދިމާކުރަނީ --- ސަން ފޮޓޯ/ ޙުސައިން ހަބީބު