08 Jul 2015, 15:24
ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި ޖަމާއަތުގައި ރޯދަވީއްލުމުގެ ހަފުލާއަކުން ދުނިޔޭގެ ރެކޯޑެއް ގާއިމްކޮށްފި އެވެ.
އެގައުމުން ގާއިމްކުރި ރެކޯޑަކީ ގުޅުވާލައިގެން އަތުރައިލި އެންމެ ދިގު މޭޒުގެ ރެކޯޑް ކަމަށް ސައުދީ ގެޒެޓްނޫހުން ބުންޏެވެ.
ސައުދީ އަރަބިއްޔާގެ އޮފިޝަލުންނާއި ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްގެ މަންދޫބުން ވެސް ބައިވެރިވެވަޑައިގެންނެވި ރޯދަވީއްލުމުގައި 1508 މީޓަރުގެ ދިގުމިނުގައި 640 މޭޒު އެތުރި ކަމަށް ސައުދީ ގެޒެޓް ނޫހުން އިއްޔެ ބުންޏެވެ. ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑް އިން މިހާރު ވަނީ ސައުދީގެ ރެކޯޑް ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

އެންމެ ދިގުކޮށް މޭޒު އެތުރުމުގެ ރެކޯޑް ކުރިން އޮތީ ފިންލޭންޑަށެވެ. އެއީ 1286 މީޓަރުގެ ދިގުމިނުގައި މޭޒު އަތުރައިގެންނެވެ.