އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއިން ނިއުރޭޑިއަންޑްގެ ޑިފެންޑާ ރިލްވާން ވަހީދު (ރިލޭ) އާއި ދެކޮޅަށް އެޅި ސަސްޕެންޝަންގެ ފިޔަވަޅަށް ފަހު މިރޭ ކުޅޭން ނިކުންނާނެ އެވެ.

ޑިސިޕްލިނަރީ ކޮމިތީއިން ރިލޭއާ ދޮކޮޅަށް ފިޔަވަޅު އަޅާފައިވަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ނިއުރޭޑިއަންޓާ ވިކްޓްރީ ބައްދަލު ކުރި ލީގްގެ ފުރަތަމަ މެޗްގައި ވިކްޓްރީގެ ޙަސަން ޒިއާން މުޙައްމަދަށް ބޯޅަ ނެތީސް ފައުލު ކުރުމުންނެވެ.

އެފައުލާ ގުޅިގެން މައްސަލަ ބެލުމަށް ފަހު ޑިސިޕްލިނަރީ ކޮމިޓީ އިން ނިންމާފައި ވަނީ ރިލޭ ދެ މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރަށް 4000 ރުފިޔާ އިން ރިލޭ ޖޫރިމަނާ ކުރުމަށެވެ.

ދެ ވަނަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކުރި ފައުލާ ގުޅިގެން އެމެޗްގެ ދެ ވަނަ ހާފްގައި ކުޅެން ނިކުތް ރިލޭއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.

އެފްއޭއެމް އިން ބުނެފައި ވަނީ އެ އިދާރާގެ ޑިސްޕްލިނަރީ ކޮމިޓީ އިން މިމައްސަލައިގައި ފިޔަވަޅު އަޅާފައިވަނީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑް (ހައްޓަށް ހަމަލާ ދިނުން) ހިމެނޭ 37 ވަނަ މާއްދާއަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ.

ރިލޭ މިރޭ މެޗަށް ނިކުންނަ އިރު އެކަމާ ގުޅޭ ގޮތުން ސަން އަށް ދިން އިންޓްވިއުއެއްގައި ނިއުޜޭޑިއަންޓްގެ ވަގުތީ ކޯޗް ޞޮބާހް މުޙައްމަދު (ސޮބާ) ބުނީ ރިލޭ އަކީ ނިއުރޭޑިއަންޓްގެ މުހިންމު ކުޅުންތެރިޔެއް ކަމަށާއި ރިލޭ ކުޅެން ނިކުތުމަކީ ޓީމްގެ ކޫލުން ރަނގަޅުވާނެ ކަމެއް ކަމަށެވެ.

"ރިލޭ ކުޅެން އެނބުރި އައުމުން ޓީމްގެ ކުރިއަށް ރަނގަޅު ބޮޅަތަކެއް ސަޕްލައި ކުރެވިގެންދާނެ،"

ރިލޭ ގެ އިތުރުން ނިއުގެ މިޑްފީލްޑާ މުޙައްމަދު ރަޝީދު (ހޮކޭ) ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ހޮކޭ ސަސްޕެންޑްކޯށްފައި ވަނީ ޕީޕަލްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ނިއުރޭޑިއަންޓާ ސިގަޕޫރުގެ ލަޔަންސް ބައްދަލު ކުރި މެޗް ގައި ލަޔަންސްގެ ކުޅުންތެރިޔެއްގެ ކަރަށް ފައިން އެރުމުން ހަ މެޗަށް ސަސްޕެންޑްކޮށް 15،000 ރުފިޔާ އިން ޖުރިމަނާ ކުރުމަށެވެ.

ލީގްގައި މިރޭ ނިކު ކުޅޭ މެޗްގައި ނިކުންނާނީ ވެލެންސިއާއ ދެކޮޅަށެވެ.