14 Apr 2010, 15:48
19:00
ހުޅުމާލޭ ފަޅުތެރޭގައި އަޅައިފައި އޮތް ސަފާރީއެއްގައި މަސައްކަތްކުރާ ސްރީލަންކާ މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
އުމުރުން ފަންސާސް އަހަރުގެ އެ ބިދޭސީ ފިރިހެން މީހާ މަރުވެފައި އޮއްވާ ފެނުނީ މިއަދު މެންދުރު ފަހުގެ ވަގިތެއްގައި ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ އެ މީހާ މަރުވާން ދިމާވި ސަބަބެއް އަދި އެނގިފައިނުވާ ކަމަށާއި ނަމަވެސް އޭނާ މޫދުގައި މަރުވެފައި އޮއްވާ ފެނުމުގެ ކުޑަ އިރުކޮޅެއް ކުރިން ވެސް އެ ސަފާރީގައި މަސައްކަތްކުރާ މީހުންނަށް އޭނާ ފެނިފައިވާ ކަމަށެވެ.