ޕެރަވާބިބަސް: ބްރަޒިލްގެ މެދުތެރޭގައިވާ ޕެރާ ސްޓޭޓްގެ ރަށެއް ކަމަށްވާ ޕެރަވާ ބިބަސްގެ ގެއެއްގެ ސިޓިން ރޫމްގައި އަންހެނަކު އިށީންދެއިން ސޯފާގެ ފަހަތުގައި ބޮޑު ކިނބުލެއް އޮތްވާ ފެނުމުން މިއަންހެންމީހާއަށް ކުއްލި ޝޮކެއް ލިބިއްޖެއެވެ.

ިއަންހެންމީހާއަށް މިކިނބޫ ދެއްކީ އޭނާގެ ތުއްތު ފިރިހެން ދަރިފުޅެވެ. ފަހަތްބަލާލުމުން ކިނބޫ ފެނުނުއިރު ކިނބޫވަނީ ފަހަތުން ސޯފާއަށް އެރުމުގެ މަގުމަތީގައެވެ. 1.5 މީޓަރުގެ މިކިނބޫ ފެނުމުން ކުއްލި ޝޮކެއް ލިބުނު ނަމަވެސް ދަރިފުޅު ދުރަށް ލުމަށްފަހު އަންހެންމީހާ އެސަރަޙައްދުގެ އަލިފާންނިއްވާ މަރުކަޒާ ގުޅުމުން އެތަނުން މީހުންއައިސް ކިނބޫ ހިފައިގެން ދިޔައީއެވެ.

ކިނބޫ ހިފުމުގައި ޙަރާކާތްތެރިވި މީހަކު ބުނިގޮތުގައި ކިނބޫ އެދެމައިންނަށް ޙަމަލާނުދިނީ އެސޮރު ބަނޑުހައިވެފައި ނެތުމުންނެވެ. ބަނޑުހައިވެފައި އޮތްނަމަ އެދެމައިން ސަލާމަތްވުމުގެ ފުރްސަތު ވަރަށް ކުޑަވާނެ ކަމުގައެވެ.
ބްރަޒީލްގެ މިރަށް އޮންނަނީ އެމަޒޮން ޖަންގަލީގެ ކައިރީގައެވެ. އެހެންކަމުން މިރަށުގެ ގެތަކަށް ހަރުފައާއިކިނބުލާއި ނުރައްކާތެރި އެހެން ޖަނަވާރުތައް ވަނުމަކީ ހިނގާ ކަމެއްކަމަށް ޚަބަރު ލިބެއެވެ. (ބީ.ބީ.ސީ)