އިނގިރޭސިވިލާތުގެ މައްޝޫރު ނޫހެއް ކަމަށްވާ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ހަނީމޫން މަންޒިލަކަށް ރާއްޖޭގެ ބަރޮސް މޯލްޑިވްސް ހޮވިއްޖެ އެވެ. ޓެލެގްރާފުން ވަނީ ބަރޮސް އައިލެންޑްގެ ރީތިކަމަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އެގޮތުން އެ ރިސޯޓްގެ ވޯޓާ ވިލާތަކުގެ ރީތި ކަަމުގެ ވާހަލަ ވަނީ ގެނެސްފަ އެވެ. އަދި ބަރޮސް އައިލެންޑް ރިސޯޓްގެ ރެސްޓޯރެންޓަކީ އިންޑިއާ ކަނޑުގެ އެއްމެ 'ލޯބި' އެއް ރެސްޓޯރެންޓް ކަަމަށް ޓެލެގްރާފުން ބުނެ އެވެ. ވޯޓާ ވިލާތަކުގެ އަގު އުޅެނީ ރެއަކަށް 675 އެމެރިކާ ޑޮލަރަށް ވުރެން މަތީގައި ކަމަށް ޓެލެގްރާފުން ބުނެ އެވެ.

މި އަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑްގައި އިންޑިއާ ކަނޑުގެ އެއްމެ ރޮމެންޓިކް މަންޒިލުގެ އެވޯޑް ވެސް ބަރޮސް އައިލެންޑް ރޮސޯޓަށް ލިބިފަ އެވެ. އަދި ފާއިތުވި އަހަރުތަކުގައި ގިނަ އެވޯޑްތައް ވަނީ އެ ރިސޯޓަށް ލިބިފަ އެވެ.

އެ ލިސްޓްގައި ރާއްޖޭގެ ކޮކޯ އައިލެންޑް ރިސޯޓްވެސް ހިމެނިފަ އެވެ. އެ ރިސޯޓްގައި 33 ވިިލާ ހުރެ އެވެ. އެ ރިސޯޓްގެ އަގަކީ ރެއަކަށް 900 އެމެރިކާ ޑޮލަރު ކަމަށް ޓެލެގްރާފުން ބުންޏެވެ.

ކޮކޯ އައިލެންޑް ރިސޯޓް

އެ ލިސްޓްގައި ދުނިޔޭގެ އެކިކަންކޮޅުތަކުން ރިސޯޓްތަކާއި ހޮޓާތައް އެ ލިސްޓްގައި ހިމެނެ އެވެ. އޭގެތެރޭގައި ސްރީލަންކާ އިންޑިއާ ތައިލޭންޑް ނިއުޒިލެންޑް ސީޝެލްސް އަދި ފްރާންސް ވެސް ހިމެނެ އެވެ.