އާޓިފިޝަލް ބީޗު ސަރަހައްދުގައި މިދިޔަ ހުކުރު ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނުގައި ގޭންގު ކުށްތަކާ ގުޅުން ހުރި 20 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ފާޅުކަން ބޮޑުގޮތެއްގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި އާންމުންގެ ކުރިމަތީގައި ފަކީރާ އާއި މަށަންދައްޗާއި ވަޅި ފަދަ ތޫނުހަތިޔާރު ބޭނުންކޮށްގެން ޖެހިލުން ކުޑަގޮތެއްގައި ބަޔަކު ހިންގި ނުރައްކާތެރި މާރާމާރީއާ ގުޅިގެން ފުލުހުން، ފަށާފައިވާ ހާއްސަ އޮޕަރޭޝަންގައި ގޭންގް ކުށްތަކާ ގުޅިގެން ހުރި ގިނަ އަދަދެއްގެ ޒުވާނުން ހިމެނޭ ކަމަކަށް ފުލުހުން ބުންޏެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި ފުލުހުން ފަށާފައިވާ އޮޕަރޭޝަން ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.

"އެ ކަން ހުއްޓުމެއްނެތި ކުރިއަށްދާނެ. ގޭންގް ކުށްތައް ހިނގާހާ ހިނދަކު ފުލުހުން އަބަދު ވެސް އެކަން ބަލައި، އެކަމާ ގުޅުން ހުރި މީހުން ހައްޔަރު ކުރަމުންދާނެ." މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހުކުރު ދުވަހުގެ ހަވީރު އާޓްފިޝަލް ބީޗު ސަރަހައްދުގައި ކުދި ބޮޑު އެތައްބަޔަކު ކުޅިވަރާއި މަޖަލުގެ ތެރޭގައި ޝާމިލްވެ އުޅެނިކޮށް ޖެހިލުމެތި ބަޔަކު އެ މާރާމާރީ ހިންގައިފައި ވަނީ ބޮޑެތި މާރާމާރީތަކުގެ ކުށް ސާބިތުވެ، ޖަލުގައި ތިބި ބޮޑެތި ކުށްވެރިންތަކެއް ދާދި ފަހުން ވަނީ ދޫކޮށްލައިފައިވަނިކޮށެވެ.