06 Jul 2015, 14:23
ފުލުހުންނަށް ފިލަން ދުއްވި ސައިކަލެއް ކާރެއްގައި ޖެހި ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.
ރޭގެ ހިނގި އެ ނުރައްކާތެރި އެކްސިޑެންޓްގައި ޒަހަމުވި ދެ މީހުންގެ ތެރެއިން އެކަކު ވަނީ ރޭ މަރުވެފަ އެވެ. އަނެކަކަށް ފަރުވާ ދިނުމަށް ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެނެސްފަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ މިއަދު ސަން އަށް ވިދާޅުވީ އެހޮސްޕިޓަލަށް ގެންދިޔަ ޒުވާނާގެ ވައަތާއި ފައި ބިނދިފައިވާ ކަމަށެވެ. މިހާރު އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އޭނާ އަށް އެޑްމިޓްކޮށްފައި ވޯޑުގައި ފަރުވާދެނީ، އަނެއްހެން ޕޭޝެންޓް ސުޓޭބަލް." ޒީނަތު ވިދާޅުވި އެވެ.
އެ ނުރައްކާތެރި އެކްސިޑެން ހިނގީ ރޭ 9:05 އެހާކަންހާއިރު ހުޅުމާލޭ އަސުރުމާހިނގުމުގައި 133 ނަމްބަރު ފްލެޓް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.