އިންގިރޭސިވިލާތުގެ ޓޮޓެންހަމް ހޮސްޕާއަށާއި ޓޯގޯގެ ގައުމީ ފުޓްބޯޅަޓީމަށް ކުޅެމުން އަންނަ ޓޯގޯގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އެމަނުއަލް އަޑަބަޔޯ އިސްލާމްވެއްޖެއެވެ.

އޮރެންޖް ސްޓާ އެފްރިކާ ނޫހުން ބުނީ އަޑަބަޔޯ އިސްލާމްވެ ޝަހާދަތުގެ ދެކަލިމަ ކީ ގިނީގެ މިސްކިތެއްގައި ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް އެނޫހުން ހާމައެއް ނުކުރެއެވެ.

އަޑަބަޔޯ އިސްލާމްވެ، ޝަހާދަތުގެ ދެކަލި ކިޔާ މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި މިހާރުވަނީ އާއްމުވެފައެވެ. އެވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ޝަހާދަތުގެ ދެކަލިމަ ކިޔަނީ އިމާމެއްގެ ފަހަތުން ޝަހާދަތުގެ ދެކަލިމަ ކިޔާ ގިނަ ޢަދަދެއްގެ މީހުންނާ އެކުގައެވެ.

ޔޫރަޕްގެ މަޝްހޫރު ބޮޑެތި ކްލަބްތައް ކަމަށްވާ އިނގިރޭސިވިލާތުގެ އާސެނަލްއާއި މެންޗެސްޓާ ސިޓީ އަދި ސްޕެއިންގެ ރިއާލް މެޑްރިޑަށް ކުޅެ، އަދި 2008 ވަނަ އަހަރު އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ އަޑަބަޔޯ އަކީ ކުރިން ނަޞާރާއެކެވެ.