ސައިކަލެއް ވަގަށް ނަގައިގެން ފިލަން މަސައްކަތް ކުރި ކުޑަ ދެ ކުއްޖަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 13 އަހަރުގެ ފިރިހެން ކުއްޖަކާއި 11 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ދެކުދިން ހައްޔަރު ކުރީ މިއަދު ހެނދުނު 7:40 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

އެ ދެ ކުދިން ހައްޔަރުކޮށްފައި ވަނީ ސެންޓްރަލް ކްލިނިކް ކައިރީ ޕާކް ކޮށްފައި ހުރި ސައިކަލްތަކަށް ތަޅުދަނޑި ޖަހަމުން ގޮސް، އެތަނުން އެއްސައިކަލް ހުޅުވާ އެ ސައިކަލް ވަގަށް ނަގައިގެން ފިލަން މަސައްކަތް ކުރަނިކޮށް، އާންމު ރައްޔިތުންގެ އެހީތެރިކަމާ އެކު ކަމަށް ފުލުހުން ބުނެ އެވެ.