އެމެރިކާގެ މޭރީލޭންޑްގެ މަގެއްގެ މައްޗަށް ތުއްތު ކުއްޖަކު އެއްލާލުމުން އެ ކުއްޖާގެ މަންމަގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށް މޭރީލޭންޑްގެ ފުލުހުން ބުނެފި އެވެ.

މޭރީލޭންްޑްގެ ފުލުހުން އެ ތުއްތު ކުއްޖާގެ ފޮޓޯ އާންމު ކުރުމަށް ފަހު، އެހީ "މި ކުއްޖާގެ ބެލެނިވެރިން އެނގޭތޯ" އެވެ.

ދޭއް ނޫނީ ތިން މަހުގެ އަންހެން ކުއްޖާ ހިލް އެވެނިއުގެ މަގުމަތީން ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ފުލުހުންނަށް ފެނުނީ ދަންވަރު 12 ޖަހަން ކައިރިވެފައި ވަނިކޮށެވެ.

އެ ކުއްޖާގެ ފޮޓޯ މޭރީލޭންޑްގެ ޑިޕާޓްމަންޓްގެ ފޭސްބްކް އެކައުންޓްގައި 27،000 ފަހަރު ޝާއިއުކޮށްފައިވެ އެވެ. އަދި އެ ކުއްޖާ މަގުމަތީގައި އިންނަން ޖެހުނީ ކީއްވެގެންތޯ އެތައް ބަޔަކު ވަނީ ސުވާލުއުފައްދައިފަ އެވެ. އަދި އާދީއްތަ ދުވަހު އެ ކުއްޖާގެ މަންމަ ކަމަށް ބުނާ މީހަކު ފުލުހުންނަށް ވަނީ ގުޅައިފަ އެވެ. އޭނާ ފުރަތަމަ ފުލުހުން ކައިރީގައި ބުނީ އެ ކުއްޖާވީ ތަނެއް އެނގޭނީ އެ ކުއްޖާގެ ބައްޕަ އަށް ކަމަށެވެ. ނަމަވެސް ފުލުހުން ކުރި ތަހުގީގުން އެނގުނީ އެ ކުއްޖާ އެެ ތަނުގައި ބޭންދީ އެ ކުއްޖާގެ މަންކަ ކަމެވެ.