06 Jul 2015, 01:34
ސޮކަ ވެޓަރަންސް އެސޯސިއޭޝަންއާ ދެކޮޅަށް ކުޅެ 5-0 ގެ ނަތީޖާއަކުން ބަލިވެ ވިކްޓްރީ މުބާރާތުން ކަޓައިފި އެވެ.
މައިލޯ ޓާފު ދަނޑުގައި އާދީއްތަ ދުވަހު ހަވީރު ކުޅުނު މެޗްގައި ސޮކަ ވެޓަރަންސްއިން ފަސް ލަނޑުވެސް ކާމިޔާބު ކުރީ ދެ ވަނަ ހާފުގައެވެ. އެޓީމްގެ ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ޢަލީ ޝަމީމް (އައްޔަ)އެވެ.
ފުރަތަމަ ލަނޑު މެޗްގެ 36 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޒިޔާދު މުޙައްމަދެވެ. ދެ ވަނަ ލަނޑު އޭގެ ހަތަރު މިނެޓް ފަހުން މެޗްގެ 40 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އައްޔައެވެ. އޭގެ އެއް މިނެޓް ފަހުން ތޮއްޑޫ މުޙައްމަދު ނިޒާމް ވަނީ ވެޓަރަންސްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ވެޓަރަންސްގެ ހަތަރު ވަނަ ލަނޑު މެޗްގެ މެޗްގެ 49 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މޫސާ އިބްރާހިމްއެވެ.
އައްޔަ ވެޓަރަންސްގެ ފަސް ވަނަ ލަނޑު ކާމިޔާބު ކުރީ މެޗްގެ 57 ވަނަ މިނެޓްގައެވެ.
ވިކްޓްރީ މުބާރާތުން ކެޓިއިރު އެޓީމް ވަނީ ކުޅުނު ހުރިހާ މެޗަކުންވެސް ބަލިވެފައެވެ. އެޓީމަށް ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ މާލޭ ވެޓަރަންސްއާ ދެކޮޅަށް ކުޅޭ މެޗެވެ.