މަޔޯކާ އަތުން 7-0 އިން ރެއާލް މެޑްރިޑު މޮޅުވި މެޗުގައި އަނިޔާގެ ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ

ޓޭބަލުގެ އެއްވަނާގައިވާ ބާސެލޯނާއާ ދެމެދު އޮތް ފަރަގު ހަތްޕޮއިންޓަށް ކުޑަކުރި މެޗުގައި މަޔޯކާ ކޮޅަށް ހެޓްރިކް ހެދި ރޮނާލްޑޯ ކުޅުމާ ދުރުގައި ހުންނަން ޖެހޭނީ 10 ނުވަތަ 15 ދުވަހަށެވެ. މިހެންވެ ފަހަރުގައި އޭނާ އަށް ޗެމްޕިއަންސް ލީގު ފަހު ލެގުގައި ކުޅެން ޖެހޭ މެޗު ގެއްލިދާނެ އެވެ.

ރޮނާލްޑޯ ވަނީ މި ސީޒަނުގައި މެޑްރިޑަށް 27 ގޯލު ޖަހައިދީފަ އެވެ. އަދި އޭނާ ނެތުމަކީ ކޯޗު ހޯސޭ މޮރނިއޯ އަށް ލިބޭނެ ވަރަށް ބޮޑު ބޮލުރިހުމެކެވެ.