05 Jul 2015, 22:03
ފުލުހުންނަށް ފިލަން ދުއްވި ސައިކަލެއް ކާރެއްގައި ޖެހި ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ އެ ނުރައްކާތެރި އެކްސިޑެން ހިނގީ މިރޭ 9:05 އެހާކަންހާއިރު ހުޅުމާލޭ އަސުރުމާހިނގުމުގައި 133 ނަމްބަރު ފްލެޓް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓުގައި ބޮޑަށް ޒަހަމްވެފައި ވަނީ ސައިކަލް ތިބި ދެ މީހުންނަށެވެ. ކާރުގައި އިން ޑުރައިވަރަށް ވެސް ވަނީ ކޮންމެވެސް ވަރެއްގެ ގެއްލުމެއް ވެފަ އެވެ. ފުލުހުން ވަނީ އެތިން މީހުން ވެސް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މިރޭގެ އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފައި- ސަން ފޮޓޯ: ކިޔުންތެރިއެއް
އެކަމާ ގުޅޭ ގޮތުން ހުޅުމާލޭ ހޮސްޕިޓަލްގެ ޑިރެކްޓަރު އަހުމަދު ޝާކިރު މިރޭ ސަން އަށް ވިދާޅުވީ، އެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް އެ ހޮސްޕިަލުގެ އިމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ޝާކިރު ވިދާޅުވި އެވެ.
އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެ އެކްސިޑެންޓުގައި ކާރަށާއި ސައިކަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.