05 Jul 2015, 14:52
ދެކުނު އޭޝއިާގެ ބާސްކެޓް ބޯލް ޗެމްޕިއަންޝިޕް ނުވަތަ ސަބާ ޒޯން ޗެމްޕިއަންޝީޕްގައި އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއަތުން 80 ޕޮއިންޓްގެ ބޮޑުތަފަތަކުން ރާއްޖޭގެ ގައުމީ ބަސްކެޓް ޓީމް ބަލިވެއްޖެއެވެ.
އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ މުބާރަތުގައި ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި ކުޅުނު މެޗްގައި އިންޑިއާއިން 128 ޕޮއިންޓް ހޯދިއިރު ރާއްޖެއަށް ހޯދިފައިވަނީ 48 ޕޮއިންޓެވެ.
ފުރަތަމަ ދެ ކްއާޓާ ނިމުނު އިރު އިންޑިއާއިން ހޯދާފައިވަނީ 67 ޕޮއިންޓެވެ. ރާއްޖެއަށް ހޯދިފައިވަނީ 18 ޕޮއިންޓެވެ.
މެޗްގައި އިންޑިއާއަށް އެންމެ ގިނަ ޕޮއިންޓް ހޯދީ 26 ޕޮއިންޓް ހޯދި ވެރިކަޓޭޝް ޕްރެސަނާއެވެ.
ރާއްޖެއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 14 ޕޮއިންޓް ހޯދައިދިން ޒަކަރިއްޔާ ލަތީފު އެވެ.
މުބާރާތުގައި ރާއްޖެ ކުޅޭ އެންމެ ފަހު މެޗްގައި މިއަދު ހަވީރު ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ.