05 Jul 2015, 13:21
ކްރިކެޓް ބޯޑުން މިރަމަޟާން މަހު ކުރިއަށް ގެންދާ 'ކޯސްޓް ރަމަޟާން ކްރިކެޓް ކާނިވަލް'ގެ ސަރުކާރު އޮފީސްތަކުގެ މުބާރާތުގެ ފައިނަލް މެޗްގައި ހަތް ވިކެޓުން ރައީސް އޮފީސް ބަލި ކުރުމަށް ފަހު ކަސްޓަމް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި އިއްޔެ ހަވީރު ކޫޅުނު މެޗްގައި ޓޮސް ދިމާވުމުން ކަސްޓަމް ހޮވަން އެރުމުން ރައީސް އޮފީސް ކުޅެން އަރާ އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 82 ލަނޑެވެ.
ރައީސް އޮފީހުން އެންމެ ރަނގަޅަށް ކުޅުނީ މުޙައްމަދު ސަހީރެވެ.
ޖަވާބުގައި ކަސްޓަމް ކުޅެން އަރައި 6.4 އޯވަރުގެ ތެރޭގައި އެއް ކުޅުންތެރިޔަކު ނުބައިވެގެން 83 ލަނޑުހެދި އެވެ.
އެޓީމުން އެންމެ ރަނގަޅަށް ކުޅުނި 34 ލަނޑު ހެދި މުޙައްމަދު އާމިރެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ 116 ލަނޑު ހެދި ރައީސް އޮފީހުގެ މުޙައްމަދު ސަހީލެވެ. އެންމެ މޮޅު އުކުންތެރިއަކީ 10 ވިކެޓް ނެގި ދިވެހި ސިފައިންގެ ކުލަބުގެ އަޙްމަދު ރަޝާދެވެ.
'ރަމްޟާން ކްރިކެޓް ކާނިވަލް'ގެ ކުންފިނަތަކުގެ މުބާރަތް މިއަދު ފަށާނެ އެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޓީއެމްއޭއާއި ސިލްވާ ބުރައިޓް އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ އައިލެޑް އޭވިއޭސަންއާއި އެސްޓްރަބަން އެވެ.