06 Mar 2011, 08:04
ވިގަންގެ ޖޭމްސް މެގްކާތީގެ މޫނުމަތީގައި އުޅަބޮށިގެން ޖެހުމުން އެއްވެސް އަދަބެއްނުދީ ދޫކޮށްލާފައިހުރި ވޭންރޫނީ އަށް އަދަބުދޭން ފީފާއިން އިނގިރޭސި ފުޓްބޯޅަ ފެޑަރޭޝަނަށް ގޮވާލައިފި އެވެ.
އިނގިރޭސި ލީގުގައި މި ދެ ޓީމު ބައްދަލުކުރި މެޗުގައި ރޫނީގެ މިހަމަލާއާ ގުޅިގެން ރެފްރީ ނިޔާ އިއްވާފައިވަނީ ހަމައެކަނި ހިލޭ ޖެހުމެއް ދިނުމަށެވެ. އަދި އިނގިރޭސި އެފް.އޭ.އިން ވެސް ވަނީ މިއަމަލަށް ރޫނީއަށް އަދަބުނުދީފަ އެވެ.
ފީފާއިން ބުނީ ވަކިމީހަކަށް ގަވާއިދު ބަދަލު ނުކުރެވޭނެ ކަމަށާއި ކޮންމެ މީހަކު ވެސް ފެއާޕްލޭ ގަވާއިދުތަކަށް ބޯލަބަން ޖެހޭ ކަމަށެވެ.