05 Jul 2015, 12:23
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންފުޅު ދިރާސާ ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައިފި އެވެ.
ގައުމީ ސަލާމަތުގެ ކޮމިޓީ އެލްޖީއޭގެ މެމްބަރުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންފުޅު ދިރާސާ ކުރުމަށްފަހު ނެރުނު ރިޕޯޓުގައި ވަނީ ކޮމެޓީން އެފަރާތްތަކާ އިންޓަވިއުކޮށް ކުށުގެ ރިކޯޑާއި ސާބިތު ދަރަނީގެ ރިކޯޑު ވެސް ސާފުކޮށްފައިވާ ކަމަށެވެ.
ރިޕޯޓުގައި ބުނެފައި ވަނީ އެލްޖީއޭގެ ބޯޑަށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއު ކުރެއްވުމަށްފަހު 75 ޕަސެންޓަށް ވުރެއް މަތިން މާކުސް ލިބިވަޑައިގަންނަވާ ފަރާތަކީ އެ އޮތޯރިޓީގެ ބޯޑަށް ގާބިލު ބޭފުޅެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށެވެ.
މިދިޔަ މަހުގެ 16 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ވިދާޅުވީ އެލްޖީއޭގެ ބޯޑަށް 17 ފަރާތަކުން ކުރިމަތިލައްވާފައިވާ ކަމަށެވެ.
އެ 17 ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާކުސް ލިބިވަޑައިގެންނެވި ބޭފުޅަކީ ސ. ހިތަދޫ، ފަރުދާ ބަގީޗާގެ އަހުމަދު ހަސަން އެވެ. އޭނާ އަށް ވަނީ 88.6 ޕަސެންޓު ލިބިވަޑައިގެންފައި އެވެ. އޭނާއާ އެންމެ ގާތުން މާކުސް ލިބިވަޑައިގަތްފައި ވަނީ ޏ. ފުވައްމުލަކު، ރަންދޯރު އަހުމަދު ސައީދު އެވެ.
އާންމުންގެ ފަރާތުން އެލްޖީއޭގެ ބޯޑަށް ހޮއްވަވާފައިވާ ފޮނުއްވެވި ސުޖާއު ހުސައިންގެ އެ މަގާމުން ވަކިކުރުމާ ގުޅިގެން ނެވެ.