ދެކުނު އޭޝިއާގެ ބާސްކެޓް ބޯލް ޗެމްޕިއަންޝިޕް ނުވަތަ ސަބަ ޒޯން ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ތިން ވަނަ މެޗްގައި ހަތަރު ޕޮއިންޓްގެ ތަފާތުން ނޭޕާލްގެ މައްޗަށް ކުރިހޯދައިފިއެވެ.

މިރޭ އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ރާއްޖެއިން 72 ޕޮއިންޓް ހޯދިއިރު ނޭޕާލްއަށް ހޯދިފައިވަނީ 68 ޕޮއިންޓެވެ.

މާދާމާ ރާއްޖެ ކުޅޭ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ މުބާރަތް ބާއްވަ ގައުމު އިންޑިއާ ދެކޮޅަށެވެ. އިންޑިއާއަކީ މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމެވެ. އެމެޗް އޮންނާނީ މާދަމާ ހެނދުނު 9:30 ގައެވެ.

ދެ ވަނަ މެޗްގައި ނިކުންނާނީ ބޫޓަންއާއި ދެކޮޅަށެވެ. އެމެޗް އޮންނާނީ ހަވީރުއެވެ.