ދޮޅުލައްކައަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދެއްކުމަށް އާޓް ލައިން ޑިޒައިން ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެކުންފުނީގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ އެވެ. ޖީއެސްޓީ ނުދެއްކުމުން ޖޫރިމަނާއާއެކު ޖުމްލަ 154,918 ރުފިޔާ ދެއްކުމަށް ހުކުމް ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ސިވިލް ކޯޓުގެ ހުކުމްގައި ވަނީ އާޓްލައިނަށް އަންގާފައެވެ.