04 Jul 2015, 13:55
ހއ. ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު އިނާމަކަށް 200،000 ރުފިޔާ ހުށަހަޅައިގެން ބާއްވާ ގްރުއާން މުބާރާތް ދިއްދޫގައި މިއަދު ފަށައިފި އެވެ.
މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްދާ އެ މުބާރާތުގައި ޖުމްލަ 189 ދަރިވަރުން ކިޔަވާނެ ކަމަށް މުބާރާތް އިންތިޒާމު ކުރި ފަރާތުން ބުންޏެވެ.

ބަލައިގެން އަދި ނުބަލައި ކިޔެމުގެ ގޮފިން އެއްވަނަ އަށް ދާ ދަރިވަރަކަށް 100،000 ރުފިޔާ ދޭ އެ މުބާރާތުގައި ދެ ވަނަ އަދި ތިން ވަނައަށްދާ ފަރާތްތަކަށް ވެސް ވަނީ އަގުހުރި އިނާމުތަކެއް ހުށަހަޅާފަ އެވެ.
ގްރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިއްދޫ ދާއިރާގެ މެންބަރު ވިދާޅުވީ މި އަހަރުގެ މުބާރާތް ހަމައެކަނި ހއ. އަތޮޅަށް ބޭއްވި ނަމަވެސް މިއަންނަ އަހަރުގެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ފުޅާ ކުރާނެ ކަމަށެވެ.

ވޭތުވެ ދިޔަ އަހަރު ވެސް ދިއްދޫގައި ވަނީ އެއްލައްކަ ރުފިޔާ އިނާމެއްގެ ގޮތުގައި ހުށަހަޅައިގެން ޤުރުއާން މުބާރާތެއް ބާއްވާފަ އެވެ.