04 Jul 2015, 12:08
އިންޑިއާގެ މަޝްހޫރު އަދި ބައިނަލްއަގުވާމީ ދުނިޔޭންވެސް މީހުންގެ މަގުބޫލުކަން ހޯދާފައިވާ ލަވަކިޔުންތެރިޔާ ސަނަމް ޕޫރީ ވިޒިޓް މޯލްޑިވްސް މިއުޒިކް ފެސްޓިވަލްގައި ޕާފޯމްކުރުމަށް ރާއްޖެއަށް އަންނަން ނިންމައިފި އެވެ.
ސަނަމް ޕޫރީ ރާއްޖެ އަންނާނެ ކަން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ. އަދީބުގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ ވަރަށް ގިނަ ޒުވާނުން ހާއްސަކޮށް އަންހެން ބޭފުޅުންގެ އެދުމުގެ މަތިން ސަނަމް ޕޫރީ އަދި އޭނާގެ ބޭންޑް ސަނަމް މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ބާއްވާ މިއުޒިކް ޝޯގައި ޕާފޯމް ކުރާނެ ކަމަށެވެ.
With a lot of requests from Youth especially the ladies, Sanam Puri with Sanam Band will be performing in Maldivespic.twitter.com/Zr7ihRJpuM
— Ahmed Adeeb (@Ahmed_Adeeb)July 3, 2015
އަދީބު ޓްވިޓަރ މެދުވެރިކޮށް އެކަން އިއުލާނުކުރެއްވުމާއި ގުޅިގެން ގިނަ އަދަދެއްގެ ޒުވާނުން ވަނީ އަދީބަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
ހިންދީ ފިލްމަކަށް ފުރަތަމަ 2013 ވަނަ އަަހަރު ކިޔައިދިން ލަވައާއި އެކު ސަނަމް ޕޫރީ ވަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފަ އެވެ. ގިނަ ބަޔަކު އޭނާ ފާހަގަކުރަނީ އަޑު ރީތި "ރަން އަޑު"ގެ ވެރިއެއްގެ ގޮތުގަ އެވެ.