04 Jul 2015, 12:24
ކްރިކެޓް ބޯޑުން މިރަމަޟާން މަހު ކުރިއަށް ގެންދާ 'ކޯސްޓް ރަމަޟާން ކްރިކެޓް ކާނިވަލް'ގެ ސަރުކާރު އޮފީސް ތަކުގެ މުބާރާތުގެ ފައިނަލަށް ރައީސް އޮފީހާއި ކަސްޓަމްސް ރެކްރިއޭޝަން ކުލަބު (ސީއާރްސީ) ދަތުރުކޮށްފި އެވެ.
އިއްޔެ ކުޅުނު ސެމީފައިނަލް ދެ މެޗްގެ ތެރެއިން ފުރަތަމަ މެޗްގައި ރައީސް އޮފީހާއި މީރާ ބައްދަލު ކުރި މެޗްގައި ޓޮސް ދިމާވުމުން ރައީސް އޮފީސް ނިންމީ ހޮވަން އެރުމަށެވެ.
ކުޅެން އެރި މީރާގެ ކުޅުންތެރިންނަށް 8 އޯވަރު ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން ހެދުނީ 74 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 17 ލަނޑު ހެދި މުޙައްމަދު ޖިނާހެވެ.
ޖަވާބުގައި ރައީސް އޮފީސް ޓީމް ކުޅެންއަރައި 5.4 އޯވަރުތެރޭގައި ހަދާފައިވަނީ 76 ލަނޑެވެ. މިއޯވަރުތަކުގެ ތެރޭގައި ރައީސް އޮފީސް ޓީމްގެ އެއްވެސް ކުޅުންތެރިޔަކު ނުބައިވެފައެއް ނުވެއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 36 ލަނޑު ހެދި މުހައްމަދު ސަހީލްއެވެ.
ދެ ވަނަ މެޗްގައި ކަސްޓަމާއި ދިވެހި ސިފައިންގެ ކުލަބު ޑީއެސްސީ ބައްދަލު ކުރި މެޗްގައި ޓޮސް ދިމާވެ ކަސްޓަމް ކުޅުންތެރިން ހޮވަން ގަސްތު ކުރުމުން އެމްއެންޑީއެފް ކުޅެން އާރައި އަށް އޯވަރު ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 63 ލަނޑުހެދިއެވެ.
އެމްއެންޑީއެފްއިން އެންމެ ރަނގަޅަށް ކުޅުނީ 13 ލަނޑު ހެދި އެޓީމްގެ ކެޕްޓަން އަޙްމަދު އަކުރަމްއެވެ.
ޖަވާބުގައި ކަސްޓަމް ޓީމް ކުޅެން އަރައި 5.4 އޯވަރު ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 67 ލަނޑު ހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 21 ލަނޑު ހެދި ފައިސަލް ޢަބްދުލް ސައްތާރެވެ.
ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި މިއަދު ކުޅޭ ފައިނަލް މެޗް ފަށާނީ ހަވީރު 4:30 ގައެވެ.
މިއީ 'ކޯސްޓް ރަމްޟާން ކުރިކެޓް ކަނިވަލް' ގެ ތެރެއިން ބާއްވާ ދެ ވަނަ މުބާރާތެވެ. ފުރަތަމަ މުބާރާތަކީ އޯޕަން ކްރިކެޓް މުބާރާތެވެ. އެމުބާރާތުގެ ޗެމްޕިއަންކަން ހައިޑީސް ބަލިކޮށް ކާމިޔާބު ކުރީ ސޯފާޒުއެވެ.