ދެކުނު އޭޝިއާގެ ބާސްކެޓް ޗެމްޕިއަންޝިޕް ނުވަތަ ސަބާ ޒޯން ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗުގައި ޝްރީ ލަންކާއަތުން 25 ޕޮއިންޓްގެ ބޮޑު ތަފާތަކުން ބަލިވެއްޖެ އެވެ.

މިއަދު ހެނދުނު އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ލަންކާއިން 93 ޕޮއިންޓް ހޯދިއިރު ރާއްޖޭގެ ޓީމަށް ހޯދިފައިވަނީ 68 ޕޮއިންޓެވެ.

މުބާރާތުގައި އިއްޔެ ރާއްޖެ ކުޅުނު ފުރަތަމަ މެޗްގައި ބަނގުލަދޭޝް އަތުން ބަލިވީ 11 ޕޮއިންޓްގެ ތަފާތުން ނެވެ. ބަނގުލަދޭޝް ޓީމް 76 ޕޮއިންޓް ހޯދިއިރު ރާއްޖޭގެ ޓީމަށް ހޯދިފައިވަނީ 65 ޕޮއިންޓެވެ.

މުބާރަތުގައި ރާއްޖެ ކުޅޭ ތިން ވަނަ މެޗްގައި މިއަދު ނިކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެމެޗް ފަށާނީ މިއަދު ހަވީރު 6:30 ގައެވެ.