03 Jul 2015, 23:09
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ ސޯސަންމަގުގައި ހުންނަ އެމްޑީޕެ އޮފީހުގެ ބިއްރޫލިގަނަޑު ތަޅާލާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 7:00 އެހާކަންހާއިރު ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މިހާތަނަށް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މިއަދު އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލާފައިވާއިރު މީގެކުރިން ވެސް އެކި ފަހަރުމަތިން އެފަދަ އަމަލުތަކެއް ވަނީ ހިންގާފައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ރޭ ގެ ވަގުތެއްގައި އެމްޑީޕީގެ އޮފީހުގައި ވަނީ އަލިފާން ރޯކޮށްލާފައެވެ. ނަމަވެސް އަލިފާންގަނޑު ބޮޑަށް ނުފެތުރެނީސް ސިފައިން ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ.