ނޭޝަނަލް އިންޓެގުރިޓީ ކޮމިޝަންގެ ގާއިމްކުރުމުގެ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވުމުގެ ބޭނުމަކީ ރާއްޖޭގައި ހިންގަމުންދާ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، އެ އިދާރާތަކާގުޅޭ މައްސަލަތައް ބަލާނެ އެންމެހައި އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައަޅައި، އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅުއެޅުމާބެހޭ ކަންކަން ތަންޒީމުކުރުމަށްޓަކައި ކޮމިޝަނެއް އުފެއްދު ކަމަށެވެ.

އެ ބިލް ގާނޫނަކަށްވުމުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން އުވިގެންދާނެ އެވެ. އަދި އެ ދެ ކޮމިޝަނުން ކުރަމުންއައި އެންމެހައި މަސައްކަތްތައް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ދަށަށް ބަދަލުވެގެންދާނެ އެވެ.