BREAKING: TMA ge seaplane eh kandah vettijje
BREAKING: TMA ge seaplane eh kandah vettijje

Last Updated:
1 decade 5 month ago

ޓީއެމްއޭގެ ސީޕްލޭނެއް ކަނޑަށް ވެއްޓިއްޖެ

  • ވެއްޓުނު ސީޕްލޭނުން ދަތުރުކުރި 11 ޕަސިންޖަރުން ވަނީ ސަލާމަތްކޮށްފައި
ބުލޮގު ޚުލާސާ

ޅ. ކުރެއްދޫ ރިސޯޓާ ދެ މޭލު ބޭރުން 11 ޕަސިންޖަރުންނާއެކު ދަތުރުކުރަމުން ދިޔަ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީ ޕްލޭނެއް ވެއްޓިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސީޕްލޭން ވެއްޓުނު ކަމުގެ މައުލޫމާތު ލިބުމާ އެކު އެ ސަރަހައްދަށް ދިޔުމަށް ފުލުހުން ފުރާފައިވާ ކަމަށެވެ.

12 ޕަސިންޖަރުންނާއެކު ދަތުރުކުރަމުން ދިޔަ ޓީއެމްއޭގެ ސީޕްލޭން ވެއްޓިފައި --- ސަން ފޮޓޯ

ސަން އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ސީޕްލެއިންގެ ބައެއް ބައިތައް ވަނީ ވަކިވެފަ އެވެ. އަދި ފެނުން މަތީގައި ސީޕުލެއިންގެ "ފުލޯޓް" އޮތްތަން ފެނެ އެވެ. ނަމަވެސް ބޯޓުގެ ބޮޑުބައި ވަނީ ފެނުއަޑީގަ އެވެ.

20:48އަހުމަދު ސާއިލް އަލީ

ޅ. ކުރެއްދޫ ރިސޯޓާ ދެ މޭލު ބޭރުން 11 ޕަސިންޖަރުންނާއެކު ދަތުރުކުރަމުން ދިޔަ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީ ޕްލޭނެއް ވެއްޓިއްޖެ އެވެ.

މިއަދު 5:30 ކަންހާއިރު އެހާދިސާ ހިނގިއިރު އެފުލައިޓުގައި 11 ފަސިންޖަރުންނާއި ތިން ކުރޫއިން ތިއްބެވެ. އެ އެންމެންވެސް ވަނީ ރައްކާތެރިކަމާއެކު ކުރެއްދޫ ރިސޯޓަށް ގެންގޮސްފައެވެ.

ޓީއެމްއޭއިން ބުނެފައިވަނީ އެފުލައިޓް ވެއްޓިފައިވަނީ ޖައްސަން އުޅުމުގެ ތެރޭގައި ކަމަށާއި އެކަން ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ބުނީ ފުލައިޓު ވެއްޓިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އެމަޖެންސީގައި ޖެއްސުމުގެ ތެރޭގައި އެކްސިޑެންޓެއްގައި ކަމަށެވެ.

ކުރެއްދޫ ރިސޯޓުގެ އޮޕަރޭޝަން މެނޭޖަރު އަހުމަދު އާލިމް ސަން އަށް ވިދާޅުވީ ވެއްޓުނު ބޯޓުގައި ތިބި ހުރިހާ އެންމެން ސަލާމަތް ކުރިއިރު އެއްވެސް ފަސިންޖަރަކަށް އަނިޔާއެއް ނުވާ ކަމަށާއި އެ މީހުން ތިބީ ރައްކާތެރިކަކާއެކު އެ ރިސޯޓުގައި ކަމަށެވެ.

"އަޅުގަނޑުމެން އެ ސަރަހައްދަށް ދިޔަ އިރު ބޯޓު އެއްކޮށް އަޑިއަކަށް ނުދޭ. ފަސިންޖަރުންނާއި ކުރޫއިންގެ ހާލު ވަރަށް ބަރާބަރު." ކުރެއްދޫ ރިސޯޓުގެ އޮޕަރޭޝަން މެނޭޖަރު ވިދާޅުވިއެވެ.

ވެއްޓުނު ބޯޓު އޮތް ސަރަހައްދަށް ދިޔަ ކުރެއްދޫ މުވައްޒަފަކު "ސަން"އަށް ބުނީ ބޯޓު ވެއްޓުނީ ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ކަމަށެވެ. ބޯޓުގެ ދެ ފްލޯޓް ނުވަތަ ކަނދު ފިޔަވައި އެހެން ބައިތައް ވަނީ ކަނޑުގެ އަޑިއަށް ގޮސްފައި ކަމަށްވެސް އޭނާ ބުންޏެވެ.

ބޯޓު ދުއްވަން އިނީ ލަންކާ ޕައިލެޓަކާއި ސްވިޑެންގެ ޕައިލެޓެކެވެ. އެދެ މީހުންގެ ހާލުވެސް ރަނގަޅެވެ.

ޓީއެމްއޭގެ ސީ ޕްލޭން ވެއްޓުނު ސަރަހައްދަށް ސިފައިންނާއި ފުލުހުންވެސް މިހާރު ވަނީ ގޮސްފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެހާދިސާގެ ތަހުގީގު ފަށާފައިވާ ކަމަށާއި އެ ހާދިސާއާއި ގުޅިގެން މިވަގުތު ވަކި އެއްޗެއް ހާމަ ކުރެވެން ނެތް ކަމަށެވެ.

20:28އަހުމަދު ސާއިލް އަލީ

ވެއްޓުނު ޓީއެމްއޭގެ ސީ ޕްލޭން ދެ ކަނދު މިހާރު ވަނީ ހަދަމުންދާ ރިސޯޓެއް ކަމަށްވާ ޅ. ހުރަވަޅި އަށް އަރުވާފައި. ދެ ކަނދު ފިޔަވާ އިތުރު ބޯޓުގެ އިތުރު ބައިތައް ވަނީ ކަނޑުތެރެއަށް ގޮސްފައި.

20:05އަހުމަދު ސާއިލް އަލީ

ޓީއެމްއޭގެ ސީ ޕްލޭން ވެއްޓުނު ސަރަހައްދަށް ސިފައިންނާއި ފުލުހުންވެސް މިހާރު ވަނީ ގޮސްފައި. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުގީގު ފަށާފައިވާ ކަމަށާއި އެ ހާދިސާއާއި ގުޅިގެން މިވަގުތު ވަކި އެއްޗެއް ހާމަކުރެވެން ނެތް ކަމަށް.

19:56

ޓީއެމްއޭގެ ސީޕްލޭން ދަތުރުކުރިގޮތުގެ ޗާޓެއް

ކުރެއްދޫ ރިސޯޓުގެ އޮޕަރޭޝަން މެނޭޖަރުއަހުމަދު ސާއިލް އަލީ

ކުރެއްދޫ ރިސޯޓުގެ އޮޕަރޭޝަން މެނޭޖަރު އަހުމަދު އާލިމް ވިދާޅުވީ ވެއްޓުނު ބޯޓުން ސަލާމަތް ކުރި ފަސިންޖަރުންނަަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށާއި އެ މީހުން ތިބީ ރައްކާތެރިކަކާއެކު ރިސޯޓުގައި ކަމަށް.

އަޅުގަނޑުމެން އެ ސަރަހައްދަށް ދިޔަ އިރު ބޯޓު އެއްކޮށް އަޑިއަކަށް ނުދޭ. ފަސިންޖަރުންނާއި ކުރޫއިންގެ ހާލު ވަރަށް ބަރާބަރު.

18:48އަހުމަދު ސާއިލް އަލީ

ބޯޓުގެ ދެ ފްލޯޓް ނުވަތަ ކަނދު ފިޔަވައި އެހެން ބައިތައް ވަނީ ކަނޑުގެ އަޑިއަށް ގޮސްފައި. ބޯޓު ދުއްވަން އިނީ ލަންކާ ޕައިލެޓަކާއި ސްވިޑެންގެ ޕައިލެޓެއް.

ވެއްޓުނު ބޯޓު އޮތް ސަރަހައްދަށް ދިޔަ ކުރެއްދޫ މުވައްޒަފަކު "ސަން"އަށް ބުނީ ބޯޓު ވެއްޓުނީ ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ކަމަށް.

ދެ ކަނދު ކުރެއްދުއަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން.

ބޯޓުން ދަތުރު ކުރީ 12 ފަސިންޖަރުންނާއި ތިން ކުރޫއިން

12 ޕަސިންޖަރުންނާއެކު ދަތުރުކުރަމުން ދިޔަ ޓީއެމްއޭގެ ސީޕްލޭން ވެއްޓިފައި--- ސަން ފޮޓޯ/ ކިޔުންތެރިއެއް
18:31

"ސަން"އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ސީޕްލެއިންގެ ބައެއް ބައިތައް ވަނީ ވަކިވެފަ. އަދި ފެނުން މަތީގައި ސީޕުލެއިންގެ "ފުލޯޓް" އޮތްތަން ފެނޭ. ނަމަވެސް ބޯޓުގެ ބޮޑުބައި ވަނީ ފެނުއަޑީގައި.

12 ޕަސިންޖަރުންނާއެކު ދަތުރުކުރަމުން ދިޔަ ޓީއެމްއޭގެ ސީޕްލޭން ވެއްޓިފައި --- ސަން ފޮޓޯ
18:21

ވެއްޓުނު ސީޕްލޭނުން ދަތުރުކުރި 12 ޕަސިންޖަރުން ވެސް ރައްކާތެރިކަމާ އެކު ކުރެއްދޫ ރިސޯޓަށް ގެންގޮސްފި