02 Jul 2015, 15:59
ކޮޕާ އެމެރިކާގައި ކޮލަމްބިއާގެ ގައުމީ ޓީމުން ފަހާގަ ކުރެވުނު ފޯވަޑް ޖެކްސަން މާޓިނޭޒް އެތުލެޓީކޯ މެޑްރިޑާ ގުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޕޯޗްގަލްގެ އެފްސީ ޕޯޓާއަށް ކުޅެމުންދާ އުމުރުން 28 އަހަރުގެ މާޓީނޭޒް ގެންދަން އެތުލެޓިކޯއިން ހުށަހަޅާފައި ވަނީ 24.8 މިލިއަން ޕައުންޑެވެ.
އެތުލެޓިކޯއިން ޔުވެންޓަސްއަށް ދޫކޮށްލި މާރިއޯ މަންޒޫކިޗްގެ ބަދަލުގައި މަޓީނޭޒް އެތުލެޓިކޯއަށް ގެނައުމުން އޭނާ ބުނެފައި ވަނީ އެތުލެޓިކޯއަށް ބަދަލު ވެވުމުން އެކަމާ ހިތް ހަމަޖެހޭ ކަމަށެވެ.
ޕޯޓޯއައި 2012 ވަނަ އަހަރު ގުޅުނު މާޓީނޭޒް ވަނީ ވޭތުވެދިޔަ ތިން ސީޒަންގައި ވެސް ޕޯޗްގަލް ލީގު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދާފަ އެވެ.
އޭނާ ވަނީ ޕޯޓޯއަށް ކުޅުނު 90 މެޗްގައި ވަނީ 67 ލަނޑު ޖަހައިދިފަ އެވެ.