02 Jul 2015, 15:08
އުރީދޫ ދިވެހި ޕްރިމިއާ ލީގް ގުޅުވައިގެން އެފްއޭއެމުން ކޮންމެ ހަފުތާއަކު ކަނޑައަޅާ މައުޟޫއަކަށް ފޮޓޯ އިންސްޓަގުރާމްކޮށްގެން ގައުމީ ޓީމް ރާއްޖެއިން ބޭރުގައި ކުޅޭ މެޗް ބަލާލަން ދިއުމުގެ ފުރުސަތު އެފްއޭއެމުން ހުޅުވާލައިފި އެވެ.
އެފްއޭއެމުން ނިންމާފައި ވަނީ ކޮންމެ ހަފުތާއަކު ވެސް ވަކި މައުޟޫއެއް ކަނޑައަޅައި ކޮންމެ ހަތަރު ހަފުތާއަކުން އެއް ވަނައަށް ދާ ފަރަތެއް ހޮވައި އެ ފަރާޓަކަށް ފުރުސަތު ދިނުމަށެވެ.
އެފްއޭއެމުން ބުނީ ފޮޓޯ އިންސްޓަގުރާމް ކުރާއިރު ހޭޝް ޓޭގެއްގެ ގޮތުގައި އުރީދޫ ޑީޕީއެލް OREDOODPL# އަދި ލީގުގައި ކުޅޭ ހަފުތާ އާއި ހަފުތާއަކު ވެސް ކުޅޭ ޓީމުތަކުގެ ހޭޝްޓޭގު ހިމެނުމެވެ.
ކޮންމެ ހަފުތައެއްގެ މައުޟޫވެސް އެއިދާރާގެ ފޭސްބުކް ޕޭޖްއެފްއޭއެމްއަށް އަޕްލޯޑް ކުރާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.
މި ހަފުތަގެ މައުޟޫއެއްގެ ގޮތުގައި އެފްއޭއްމެއިން ކަނޑައަޅާފައި ވަނީޓީމްތަކުގެ ކެޕްޓަނުންގެ ހަރަކާތްތައްފޮޓޯ ނަގާފައި އިންސްޓަގުރާމް ކުރުމަށެވެ.