02 Jul 2015, 13:52
ލީގް ނިންމާނީ އެއްވަނައިގައި އޮވެ ކަމަށާއި ނިއުރޭޑިއަންޓްގެ ސަޕޯޓަރުން ކެއްތެރިވެ ޓީމަށް ސަޕޯޓުކުރުން އެދޭ ކަމަށް ނިއުރޭޑިއަންޓްގެ އެސިސްޓޭންޓް ކޯޗް ޙަސަން ހަމީދު (ޑާކެ) ބުނެފި އެވެ.
މަހިބަދޫއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ނިއުރޭޑިއަންޓްގެ ބައެއް ސަޕޯޓަރުން އެ ޓީމަށް ފަހުން ގެނައި ނައިޖީރިއާގެ ފޯވަޑު އަލަމޫ ބްކޮލާ އޮލަލެކަން ފާޑު ކިޔައި ދަނޑުން ބޭލުމަށް ގޮވުމުން މެޗަށްފަހު އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޑަކޭ ބުނީ އަލަމޫ ކުރިއަށް ހުރި މެޗްތަކުގައި އަލަމޫގެ ފަރާތުން ގޯލްތަކެއް ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށާއި ސަޕޯޓަރުންގެ ފަރާތުން ޓީމްގެ ކޮންމެ ކުޅުންތެރިންޔަކަށް ވެސް ދޭން ޖެހޭ އިހްތިރާމް ދީފިނަ ޓީމްގެ ފަރާތުން ތަފާތުތަކެއް ފެންނާނެ ކަމަށެވެ.

ނިއުގެ ސަޕޯޓަރުން ގައުމީ ފުޓްބޯޅަ ދަނޑުގައި-- ސަން ފައިލް ފޮޓޯ
ޑަކޭ ބޫނީ ކަމެއް ދިމާވާ ކޮންމެ ފަހަރަކު ސަޕޯޓަރުން އެއްޗިހި ގޮވަން ވެއްޖަނަމަ ޓީމަށް އެންމެ އެދެވޭ ކާމިޔާބެއް ނުލިބިދާނެ ކަމަށާއި އެހެންކަމުން ސަޕޮޓަރުން ކެތްތެރިވުމަށް އެދޭކަމަށެވެ.
"ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެއްޗިހި ގޮވަންވެއްޖެނަަމަ ހީއެއް ނުވޭ އެންމެ ރަނގަޅު ކާމިޔަބެއް ނެރެވިދާނެހެންނެއް. ހުރިހާ ވެސް އެއްޗަކީ ސަޕޯޓަރުންގެ ޓީމަށް ކުރާ ސަޕޯޓް، ސަޕޮޓަރުން ދަނޑަށް ވަދައިގެން ޓީމަށް ސަޕޮޓްކޮށްދެއްވާށޭ އިރާދަކުރެއްވިއްޔާ ނިއުއިން ލީގު ނިންމަނީ އެއް ވަނައިގައި އޮވެގެން" ޑަކޭ ބުންޏެވެ.
ޑަކޭ ބުނީ އެއް ވަނައިިގައި ހިފެއްހެއްޓުމަކީ ވެސް ގޮންޖެހުން ބޮޑު ކަމެއް ކަމަށާއި ކުރިއަށް ހުރި މެޗްތަކުގައި ޓީމްގެ ފަރާތުން އިތުރު ކުރިއެރުން ފެނިގެންދާނެ ކަމަށެވެ.
ޑަކޭ ބުނީ ކުރިއަށް އޮތް މެޗްގައި ސަސްޕެންޝަންގައި ހުރި ރިލްވާން ވަހީދު (ރިލޭ) ވެސް ކުޅެން ނުކުންނާނެ ކަމަށާއި ސެންޓޭ އާއި އަލމޫގެ ފަރާތުން ވެސް ލަނޑުތަކެއް ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ރިލޭ ދެ މެޗަށް ސަސްޕެންޑް ކުރުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައި ވަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ނިއުރޭޑިއަންޓާ ވިކްޓްރީ ބައްދަލު ކުރި ލީގްގެ ފުރަތަމަ މެޗްގައި ބޯޅަ ނެތީސް ވިކްޓްރީގެ ޙަސަން ޒިއާން މުޙައްމަދަށް ހަމަލާ ދިނުމާ ގުޅިގެންނެވެ.
ނިއު އެއް ވަަނާގައި އޮތީ ރޭގެ މެޗުން މޮޅުވެ 10 ޕޮއިްނޓާއެކުއެވެ. ދެވަނައިގައި އޮތް އީގަލްސްއަށާއި ތިން ވަނައިގައި އޮތް މާޒިޔާއަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ. އީގަލްސްއަށް ދެ ވަނަ ލިބެނީ ލަނޑުގެ ތަފާތުން ކުރީގައި އޮތުމުންނެވެ.