ރޯޝަނީ މަގުގައި ފެން ބޮޑުވަނީ ހެލްތް މިނިސްޓުރީ ހިންގާ އިމާރާތުގެ ފެންހޮޅިއެއް ފަޅައިގެން ދިއުމުން ކަމަށާއި އެ މައްސަލަ ހައްލުކުރަން ފަށާފައިވާ ކަމަށް އެ މިނިސްޓުރީއިން ބުނެފިއެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތަކުން ސަން އަށް މައުލޫމާތު ދިން ގޮތުގައި ވާރޭ ނުވެހުނަސް ރޯޝަނީ މަގާއި އެ މަގުގެ ހަނިގޯޅިތަކަށް ފެން ފޮބޮޑުވާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެވެފައިވެ އެވެ.

"މަގު އެ އޮންނަނީ ތަގައްޔަރުވެފައި، އަޑިގަނޑުގަނޑު ހުންނާތީ ފެންކޯރު ހެދިފައި، އެ މަގުން ހިނގައި އުޅެން ވަރަށް އުނދަގޫ ވެސް ވޭ، ފަކުރުވެސް ގަނޭ." ސަން އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

އެކަމާ ގުޅިގެން ހެލްތް މިނިސްޓުރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނަރަލް އަހުމަދު ގާސިމް ވިދާޅުވީ އެ ސަރަހައްދުގައި ފެންބޮޑުވާތީ އެއީ ކިހިނެއް ވެގެން ހިނގާ ކަމެއް ކަން ނޭންގިގެން ބަލަމުންދާތާ ދެތިން ދުވަސްފަހުން ރޭގައި އެކަން ދިމާވާ ސަބަބު އެނގިފައިވާ ކަމަށެވެ. ސަބަބު އެނގިފައި ވަނީ ރޭގައި ކަމަށާއި ދިމާވި މައްސަލައަކީ ރޯޝަނީ ބިލްޑިންގެ ވޯޓާސަޕްލައި ފެން ހޮޅިއެއް ފަޅައިގެން ދިއުން ކަމަށެވެ.

"ދެތިން ފަހަރު މަގުތަކުން ޖާތައް ނަގައި ބަލައި ޖަންގްޝަންތަކާ އެއްޗެހި ޗެކްކޮށް މި ހަދަނީ، ދެން ރޭގެ ވަގުތެއްގައި ކަންނޭންގެ ފާހަގަ ކުރެވިގެން އެކަން ރަނގަޅު ކުރުމުގެ މަސައްކަތް އެބަ ހިނގާ މިނިސްޓުރީން،"

އެ ހޮޅި ބައްދައި ފެން ލީކްވުން ހައްލު ކުރަން މިއަދު މަސައްކަތް ފަށާފައިވާއިރު އެ މަސައްކަތް މިއަދު ހައްލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.