އުމުރާއާ ގުޅިގެން އުފެދިދާނެ ބަލި މަޑުކަމަކަށް ޓަކައި އައިޖީއެމްއެޗްއިން ހާއްސަ ކުލިނިކެއް ހުޅުވައިފި އެވެ.

އައިޖީއެމްއެޗް އިން ބުނީ "ހައްޖު ރޯގާ ކްލިނިކް"ގެ ނަމުގައި މިއަދުން ފެށިގެން އެއް މަސް ދުވަހަށް ހިންގާ އެކުލިނިކަކީ އުމްރާ އާއި ގުޅިގެން ފެތުރިދާނެ ވައިރަލް ރޯގާއެއް ނުވަތަ ހުމަކަށް ފަރުވާ ދިނުމަށް ހިންގާ ކްލިނިކެއް ކަމަށެވެ.

އެ ކްލިނިކް ހުޅުވާފައި ހުންނާނީ ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 9:00 ކަމަށް އައިޖީއެމްއެޗް އިން މައުލޫމާތު ދެއެވެ.

"މިކްލިނިކް ކުރިއަށް ދާނީ މި ހޮސްޕިޓަލްގެ ތިން ނަމްބަރު ގޭޓުން (ބުރުޒު މަގުން) ވަދެވޭ ގޮތަށް ހުންނަ ރެސްޕިރޭޓަރީ މެޑިސިން ކްލިނިކްގަ." އައިޖީއެމްއެޗް އިން ބުންޏެވެ.

އެކްނިކުން ފަރުވާ ހޯދަން ދާ ފަރާތްތަކުން އުމްރާ ގުރޫޕުން ދީފައިވާ ކާޑާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދަން ޖެހޭނެ ކަމަށް ވެސް އައިޖީއެމްއެޗްއިން މައުލޫމާތުދެ އެވެ.