02 Jul 2015, 11:34
މަޝްހޫރު ސޯޝަލް މީޑިއާ ވެބްސައިޓް ފޭސްބުކުގެ ލޯގޯއަށް ކުޑަ ބަދަލެއް އިއްޔެ ގެނެސްފި އެވެ. ފޭސްބުކުން މައިގަނޑުގޮތެއްގައި ބަދަލުކޮށްފަ ވަނީ ފޮންޓެވެ.
ފޭސްބުކުގެ ކްރިއޭޓިވް ޑިރެކްޓަރު ޖޮޝް ހިގިންސް ވިދާޅުވެފައި ވަނީ ފޭސްބުކަށް ލޯގޯ އަށް ބަދަލު ގެނެސްފައި ވަނީ "ލޯގޯ ޒަމާނީ ކުރުމަށާއި ކުރިއަށްވުރެ ރައްޓެހި ލޯގޯ އަކަށް ހެދުމަށެވެ،"
ފޭސްބުކުގައި މަސައްކަތްކުރާ ޑިޒައިނަރަކު ވެސް ވަނީ އާ ލޯގޯ އާއި ބެހޭ ގޮތުން ޓްވީޓްކޮށްފަ އެވެ.
Say hello to the new Facebook logopic.twitter.com/ofoFm4JQmK
— Christophe Tauziet (@ChrisTauziet)June 30, 2015
ނަމަވެސް ފޭސްބުކުން ބޭނުންކުރާ 'f' އަކުުރުގެ ލޯގޯ އަށް ބަދަލުގެނެސްފައެއް ނުވެ އެވެ. ބަދަލުގެނެސްފައި ވަނީ ފޭސްބުކުގެ ނަން އެއްކޮށް ލިޔާގޮތަށެވެ.
މިއީ 2005 ވަަނަ އަހަަރު ފަހުން ފޭސްބުކުލޯގަށް އަށް ގެނެވޭ ފުރަތަމަ ބަދަލުކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެއެވެ.