02 Jul 2015, 12:13
އިންސާނާގެ ވަސް ބެލުމުގެ ހިއްސު ބޭނުންކޮށްގެން މައުލޫމާތު އެއްކޮށްގެން އެ މީހެއްގެ ޖެނެޓިކްގެ މައުލޫމާތުތައް ދެނެގަނެވޭނެ ކަމަށް ސައިންޓިސްޓުން ބުނެފިއެވެ.
ކޮންމެ އިންސާނެއްގެ ގައިގައި 400 ތަފާތު ވައްތަރުގެ ހަ މިލިއަނެއްހާ "ސްމެލް ރިސެޕްޓާސް" އިންނާނެއެވެ. ނަމަވެސް އެ ރިސެޕްޓާތައް ހަށިގަނޑުގައި އެތުރިފައިވަނީ ކޮންމެ މީހެއްގެވެސް ތަފާތު ގޮތަކަށް ކަމަށް ސައިންޓިސްޓުން ބުންޏެވެ. ރިސާޗަރުން ބުނާ ގޮތުގައި އެއަށް ދެވިފައިވާ ނަމަކީ "އެލްފެކްޓްރީ ފިންގަޕްރިން" އެވެ.
އިޒްރާއިލްގެ ވީޒްމަން އިންސްޓިޓިއުޓް އޮފް ސައިންސްގެ ރިސާޗަރުން ކުރި ދިރާސާއަކުން ދައްކާގޮތުން 89 ފަރާތް ބައިވެރި ކޮށްގެން ހެދި ސާވޭއެއްގައި 28 ވަހެއް ސިފަ ކޮށްދީފައިވެ އެވެ. އޭގެ ތެރޭގައި 54 ގޮތަކަށް އެ ސިފަ ކޮށްދީފައިވެ އެވެ.
ސާވޭއިން ހޯދާފައިވާ މައުލޫމާތުގެ ތެރެއިން ރިސާޗަރުން ވަނީ އެއް ވަހެއް ދެ ފަރާތަކަށް އެއް ގޮތްވަރެއް ދެނެގަތުމަށް ހާއްސަ މެތަމެޓިކަލް ފޯމިއުލާއެއް ހަދާފައެވެ.
ރިސާޗަރުން ބުނި ގޮތުގައި ފަސް ގަޑިއިރު ވަންދެއް މީހެއް ލައްވާ ވަސްތައް ޓެސްޓުކޮށްގެން ހަތް ބިލިއަނެއްހާ މީހުންގެ އައިޑެންޓިޓީ ލިބިދާނެ ކަމަށެވެ.