01 Jul 2015, 11:59
އިންޑޮނީޝިއާގެ އަސްކަރީ މަތިންދާބޯޓެއް ސުމަތުރާ ސަރަހައްދު މަތީން މީހުން ދިރިއުޅޭ ސަރަހަށްދަކަށް ވެއްޓި މަރުވި މީހުންގެ އަދަދު 141 އަށް އަރައިފި އެވެ.
އިންޑޮނޭޝިޔާގެ ފުލުހުންނާ ހަވާލާދީ ވޮއިސް އޮފް އެެމެރިކާ އިން މިއަދު ބުނީ މީހުން ބައިބޯ ސަރަހައްދަށް ބޯޓު ވެއްޓުނު އިރު، މުޅި ބޯޓު އޮތީ އަލިފާން ބޯޅައެއްހެން ކަަމަށެވެ.
އިންޑޮނޭޝިއަން އެއާފޯސް މަތިންދާ ބޯޓު 130 ސީ، އިއްޔެ ވެއްޓުނީ ބޯޓު ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ.
ޖަކާޓާ ޕޯސްޓުން ބުނީ ބޯޓު ވެއްޓުނީ ހަމައެކަނި ބޯޓަކީ ބާ ބޯޓަކަށް ވުމުގެ އިތުރަށް"އިންސާނީ ކުށް" ވެސް ހިމެނޭ ކަމަށް ބެލެވޭ ކަމަށެވެ.
އިންޑޮނޭޝިޔާގެ މިލިޓަރީގައި ބޭނުންކުރާ ހާކިިއުލްސް މަތިންދާ ބޯޓް ފަހަރަކީ 1964 ވަނަ އަހަރު އުފައްދާފައިވާ ބޯޓްތައް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އެ ހާދިސާގައި، އިންޑޮނޭޝިއާގެ އަސްކަރިއްޔާގެ 130- ސީ މަތިންދާ ބޯޓު ރަންވޭ އިން ނައްޓާލިތާ މާ ގިނައިރުތަކެއް ނުވެ، ބޯޓުން ކަޅު ދުންތަކެއް އަރަން ފެށި އެވެ. އަދި އެއަށް ފަހު ބޯޓު ތިރިއަށް އައިސް އުސް އިމާރާތެއްގައި ޖެހި، ބާރުގަދަ އަޑުފައްގަނޑަކާ އެކު ބޯޓުގައި އަލިފާން ރޯވީ ކަމަށް މީޑިއާ ރިޕޯޓްތައް ބުންޏެވެ.
އެވަގުތު އެ ބޯޓުގައި 101 ފަސިންޖަރުންނާއި 12 ފަޅުވެރީން ތިބި އިރު އެ އެންމެންވެސް މަރުވެފައިވާ ކަމަށް އިންޑޮނީޝިއާގެ އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީގައި ބުނެފައިވެ އެވެ. އެ ހާދިސާގައި މަރުވި އިތުރު މީހުންނަކީ އިމާރާތްތަކުން މަރުވި މީހުން ކަމަށް ބެލެވެ އެވެ.