30 Jun 2015, 11:22
ހިތަދޫ ލިންކްރޯޑުގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލު ނުވެގޮސް ގަހެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭ 8:00 ހާއިރު ހިނގި އެކްސިޑެންޓްގައު އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށެވެ.
ލިންކްރޯޑުގައި ދުއްވާފައިދިޔަ ކާރެއް ފުރޮޅާލުން:ސަންފޮޓޯ--ކިޔުންތެރިއެއް
ފުލުހުން ބުނީ ހިތަދޫ ލިންކްރޯޑުން އުތުރަށް ދުއްވާފައިދިޔަ ކާރު ކޮންޓްރޯލުނުވެ ގޮސް އެރަށު ސަރަހައްދީ ބަނދަރު ކައިރީ ހުރި ގަހެއްގައި ޖެހިކާރު ފުރޮޅާލީ ކަމަށެވެ. އެ އެކްސިޑެންޓް ހިނގި އިރު ކާރުގައި އިނީ ޑްރައިވަރު އެކަނި ކަމަށް ފުލުހުން ބުނެ އެވެ.
އެހާދިސާގައި ކާރަށް އެކިވަރުގެ ގެއްލުންތަކެއް ވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.