30 Jun 2015, 11:15
ގަވައިދާ ހިފާލަށް އުޅޭ ބިދޭސީންނާއި ހުއްދަ ނުނަގާ ވިޔަފާރި ކުރާ ބިދޭސީން ހޯދުމަށް އިކޮނޮމިކް މިނިސްޓްރީއާއި އިމިގްރޭޝަން ގުޅިގެން ނުކުމެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް މިއަދު ސަން އަށް ވިދާޅުވީ ރޯދަމަހަށް ހާއްސަކޮށް މާލޭގެ އެކި ސަރަހައްދުތަކުގައި ގޮޅިތައް ހަދައިގެން ބިދޭސީން ވިޔަފާރި ކުރަމުންދާ އިރު އެ ފަރާތްތަކަކީ ވިޔަފާރި ރަޖިސްޓްރީނުކޮށް އުޅޭ ފަރާތްތައް ކަމަށް ވުމުން އިއްޔެ އެކަންކަން ޗެކްކޮށްފައިވާނެ ކަމަށެވެ.
"އިއްޔެ މިކުރި ކަމަކީ ވިޔަފާރި ރަޖިސްޓްރީ ނުކޮށް ހުރި މީހުންނާއި އަން ޑޮކިއުމެންޓެޑް މީހުން އައިޑެންޓިފައި ކުރުން." ތައުފީގް ވިދާޅުވި އެވެ.
އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ހަލީލް މިއަދު "ސަން" އަށް ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީ އިން ގުޅިގެން އިއްޔެ ފެށި އެ ހަރަކާތުގައި އިމިގްރޭޝަނުން ބައިވެރިވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އުޅޭތޯ ބެލުމަށް ކަމަށެވެ. އެގޮތުން އިއްޔެ އެކަކު އިމިގުރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ގިނަ ބިދޭސީންނަށް ނަސޭހަތް ދީފައިވާނެ ކަމަށް ވިދާޅުވި އެވެ.
އެ ދެ އިދާރާ ގުޅިގެން އިއްޔެ ވަނީ ބިދޭސީއިން ވިޔަފާރިކުރާ ސަރަހައްދުތަކަށް ގޮސް ޗެކްކޮށްފަ އެވެ. އިއްޔެ ފެށި ޗެކްކުރުން ތަކަކީ ފެށުމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެދެ އިދާރާ ގުޅިގެން އެގޮތަށް މަސައްކަތް ކުރާނެ ކަމަށް އެދެ އިދާރާއިން މައުލޫމާތުދެ އެވެ.