މައިލޯ ވެޓަރަންސް ފުޓްބޯޅަ މުބާރާތުގައި ވިކްޓްރީގެ މައްޗަށް 3-2 ގެ ނަތީޖައަކުން މާޒިޔާ އިން ކުރި ހޯދައިފި އެވެ.

ކުޅިވަރު އެކުވެނީގެ މައިލޯ ޓާފު ދަނޑުގައި ކުޅުނު މެޗްގައި ފުރަތަމަ ލީޑް ނެގީ ވެސް މާޒިޔާއިންނެވެ. އެގޮތުން އެޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދެއްވީ މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުﷲ ޢަބްދުރަހީމް އެވެ.

އެޓީމްގެ ދެ ވަނަ ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބު ކުރީ އަޙްމަދު ރިޔާޒު އެވެ.

ތިން ވަނަ ލަނޑު ދެ ވަނަ ހާފުގައި ކާމިޔާބު ކުރީ އިބްރާހިމް ފަޔާޒު އެވެ.

ވިކްޓްރީ އިން މެޗްގައި ޖެހި ދެ ލަނޑު ވެސް ފެނިގެން ދިޔައީ މެޗްގެ އެންމެ ފަހު ވަގުތުގަ އެވެ.

ވިކްޓްރީގެ ފުރަތަމަ ލަނޑު ޙުސައިން ކާމިޔާބު ކުރިއިރު އަނެއް ލަނޑު ޖެހީ މާޒިޔާގައި ވިކްޓްރީއާ ދެކޮޅަށް ކުޅުނު ވިކްޓްރީއަށް ކުރިން ކުޅުނު މިހާރު މާޒިޔާގެ ކޯޗް ޢަލީ ސުޒޭންއާއި ހަމަ އިއއްޔަގެ މެޗްގައި ވިކްޓްރިއާ ދެކޮޅަށް ކުޅުނު މުޙައްމަދު ނަޒިހުގެ ކޮއްކޮ އިބްރާހިމް ޝިނާޒުއެވެ.

މިމެޗުން މާޒިޔާ މޮޅުވުމުން އެޓީމް އޮތީ 4 ޕޮއިންޓާއެކު ތާވަލްގެ ދެ ވަނައިގަ އެވެ. ހަ ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ ވެލެންސިއާ އެވެ.