30 Jun 2015, 00:24
އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދަށް ޕޮލިސް އިންޓެލް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ މަގާމު ދެއްވައިފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިރޭ ސަން އަށް ވިދާޅުވީ، ޖަމްޝީދު ޕޮލިސް އިންޓެލްގެ އިސްވެރިއަކަށް ހަމަޖެއްސެވުމަށްފަހު މިހާތަނަށް އެ މަގާމުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް، ޑިވެލޮޕްމަންޓް ޑައިރެކްޓްރޭޓުގެ ވެރިޔާގެ މަގާމަށް ބަދަލު ކުރައްވާފައިވާ ކަމަށެވެ.
އެސިސްޓެންޓް ކޮމިޝަނަރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމާ ހަމައަށް ޖަމްޝީދު ހުންނެވީ ޑިވެލޮޕްމަންޓް ޑައިރެކްޓްރޭޓުގެ ވެރިޔާގެ މަގާމުގައެވެ.
ޖަމްޝީދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވާފައިވާ ބޭފުޅެކެވެ.