29 Jun 2015, 23:33
އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ)ގެ މަގާމަށް ފުލުހުންގެ ފަސް އޮފިސަރަކު މިއަދު ޕްރޮމޯޓްކޮށްފި އެވެ.
އޭސީޕީގެ މަގާމަށް ޕްރޮމޯޓު ކުރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޗީފް ސްޕްރިންޓެންޑެންޓްގެ ރޭކްކުގައި ތިއްބެވި އަބްދުﷲ ނަވާޒާއި އިސްމާއީލް ނަވީންގެ އިތުރުން އަހްމަދު މުހައްމަދާއި މުހައްމަދު ޖަމްޝީދު އަދި އަބްދުލް މަންނާނު ޔޫސުފެވެ.
އެބޭފުޅުންގެ ތެރެއިން ނަވާޒު އަދި ނަވީނަކީ މާލޭގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން މީޑިއާއަށް މައުލޫމާތު ހިއްސާކުރުމުގައި ހަރަކާތްތެރިވާ ދެ ބޭފުޅުންނެވެ.

އޭސީޕީގެ މަގާމަށް ޕްރޮމޯޓު ކުރި ކަމުގެ ލިޔުން ސީޕީ ހުސައިން ވަހީދު ނަވީނާ ހަވާލުކުރައްވަނީ ---- ފޮޓޯ: ނަވީންގެ ފޭސްބުކް ޕޭޖް
މަންނާނާއި ޖަމްޝީދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވި މީހުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުންނެވެ.
އެބޭފުޅުންގެ ތެރެއިން ނަވީން މިހާތަނަށް ހުންނެވީ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ އިސްވެރިޔާގެ ގޮތުގައެވެ.
ނަވާޒް މިހާތަނަށް ހުންނެވީ ފުލުހުންގެ އެކަޑަމީ އައިލްސްގެ ޗީފް އެގްޒެކެޓިވްގެ މަގާމުގަ އެވެ.
މަންނާނު ކުރިން ހުންނެވީ ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑްގެ އިސްވެރިޔާގެ މަގާމުގައެވެ. ޖަމްޝީދު ހުންނެވީ ޑިވެލޮޕްމަންޓް ޑައިރެކްޓްރޭޓުގެ ވެރިޔާގެ މަގާމުގަ އެވެ. އަދި އަހްމަދު މުހައްމަދު ހުންނެވީ ސާވިސް ސަޕޯޓް ޑައިރެޓްރޭޓުގެ ވެރިޔާގެ މަގާމުގައެވެ.