ކޯޓުތަކުގައި ކްލަބް ޖަމްއިއްޔާތައް ހެދުން ސުޕްރީމް ކޯޓުން މަނާކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ހުރިހާ ކޯޓުތަކަށް ފޮނުވި އާންމު ސިޓީގައި ވަނީ ކޯޓުތަކުގައި ކްލަބް ޖަމްއިއްޔާތައް ހެދުމަކީ އެއްވެސް ނަމެއްގައި ހުއްދަކުރެވިފައިވާ ކަމެއް ނޫން ކަމަށް އަންގާފައެވެ.

އެ ސިޓީގައި ވަނީ ކްލަބް ޖަމްއިއްޔާތައް ނެހެދި ކަމުގައި ވިޔަސް މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް އިޖުތިމާއީ ހަރަކާތް ހިންގިދާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން މިފަދަ އެންގުމެއް އަންގާފައިވާއިރު، ބައެއް ކޯޓުތަކުގައި ކްލަބް ޖަމްއިއްޔާތައް ހިންގަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ކްރިމިނަލް ކޯޓުގައި ވެސް ރެކްރިއޭޝަން ކްލަބެއް އޮވެއެވެ. އެ ކްލަބްގެ ފަރާތުން ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެންދާތާ އެތަކެއް އަހަރު ވެއްޖެ އެވެ.