މާލޭގެ ގެއެެއްގެ ތެރޭގައި މަރުވެފައިއޮތް ޒުވާނަކު ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ 23 އަހަރުގެ ފިރިހެނަކު މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި މިއަދު ހެނދުނު ފެނިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ސަންއަށް އެނގިފައިވާގޮތުގައި މިއަދު މަރުވެފައިއޮއްވާ ފެނުނު ޒުވާނަކީ މާރާމާރީ ހިންގުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. އެފަދަ މައްސަލަތަކުގެ ތުހުމަތުގައި އެތައް ފަހަރަކު ފުލުހުން އޭނާ ހައްޔަރުކޮށްފައި ވެއެވެ.