30 Jun 2015, 12:01
މިހާތަނަށް އެންމެ ގިނަ ލައިކްސް ލިބިފައިވާ އިންސްޓަގްރާމްގެ ރެކޯޑް، މަޝްހޫރު މޮޑެލް އަދި ޓީވީ ޕާސަނާލިޓީ ކެންޑަލް ޖެނާ މުގުރާލައިފި އެވެ.
އެ ރެކޯޑު ކުރިން ދަމަހައްޓާފައި ވަނީ ކެންޑަލް ޖެނާގެ ދައްތަ އަދި މަޝްހޫރު އެންޓްރެސް ކިމް ކާޑޭޝިއަން އެވެ.
އިންސްޓަގްރާމް އަށް ކިމް ކާޑޭޝަން އޭނާގެ ކައިވެނީގެ ފޮޓޮއެއް ލައި އެއަށް ވަނީ 2.4 މިލިއަން ލައިކްސް ހޯދާފަ އެވެ. އެ ފޮޓޯއަކީ މިދިޔަ އަހަރު އޭނާ މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް އާ ކައިވެނި ކުރި ވަގުތު ނަގާފައިވާ ފޮޓޮއެކެވެ.
ނަމަވެސް މިފަހަރު އެންމެ ގިނަ ލައިކްސް ހޯދާފައިވާ ފޮޓޯއަކީ ކެންޑަލް ޖެނާ ނަގާފައިވާ ސެލްފީއެކެވެ. މީގެ ފަސް ހަފްތާ ކުރިން އޭނާ ޕޯސްޓް ކުރި އިންސްޓަގްރާމް ޕޯސްޓަށް ވަނީ 2.6 މިލިއަން ލައިކްސް ލިބިފަ އެވެ.