29 Jun 2015, 21:25
ފުވައްމުލަކުގައި އަރަބި ކިޔަވައިދިނުމާއި ދީނީގޮތުން މީހުންގެ ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ އާއި ފުވައްމުލަކުޒިކުރާ އިންސްޓިޓިއުޓްއާ ދެމެދު އެއްބަސް ވުމެއްގައި ސޮއިކޮށްފި އެވެ.
މިއަދު ހެނދުނު ކުއްލިއްޔާގައި ބޭއްވި ރަސްމިއްޔާތެއްގައި ކުއްލިއްޔާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ވަނީ ކުއްލިއްޔާގެ ރެކްޓާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ. އަދި ޒިކުރާ އިންސްޓިޓިއުޓްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ އިންސްޓިޓިއުޓްގެ ސީއީއޯ މުހައްމަދު ވަހީދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، މިއަދު ސޮއިކުރި އެއްބަސް ވުމުގެ ސަބަބުން ފުވައްމުލަކުގައި، ކުއްލިއްޔާގެ ކޯސްތަކަށް ކިޔެވުމުގެ މަގުތަށް ހުޅުވިގެން ދާނެ ކަމަށެވެ. އަދި ފުވައްމުލަކުގައި ކުއްލިއްޔާގެ ގޮތްޕެއް ހުޅުވުމަކީ ވަރަށް ބޮޑަށް ދެކިލައްވާ ހުވަފެނެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޒިކުރާ އިންސްޓިޓިއުޓާ އެކު މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ފުވައްމުލަކަށް ބޭނުންވެފައިވާ ދީނީ ކޯސްތައް ހިންގުމުގައި އެހީތެރި ވެދޭނެ ކަމަށް ކުއްލިއްޔާއިން ވަނީ ބުނެފައެވެ.
އަދި މި އެއްބަސްވުމުގެ ދަށުން އެ ފުވައްމުލަކުގައި އަރަބި ބަހާއި އިސްލާމީ ތައުލީމު ފެތުރުމާއި ގައުމީ ލޯބި ދަރިވަރުންގެ ހިތްތަކުގައި ޖެއްސުމަށް ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށްވެސް ކުއްލިޔާއިން މައުލޫމާތުދެއެވެ.