29 Jun 2015, 13:38
މައިލޯ ވެޓަރަންސް ފުޓްބޯޅަ މުބާރާތުގައި އިއްޔަ ހަވީރު ކުޅުނު މެޗްގައި ބީޖީ ސްޕޯޓްސްގެ މައްޗަށް 1-0ގެ ނަތީޖާއަކުން ވެލެންސިއާ އިން ކާމިޔާބު ހޯދައިފި އެވެ.
މައިލޯ ޓާފް ދަނޑުގައި ކުޅުނު މެޗްގައި ވެކލެންސިއާގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި އިސްމާޢިލް އަނިލް އެވެ.
އަނިލް މިގޯލް ޖެހީ ބީޖީ ގޯލް ކީޕަރަށް ހެދުނު މިސްޓެއްކެއްގަ އެވެ.
އަނިލް މިގޯލް ޖެހުމުގެ ކުރިން ކީޕަރަށް ފައުލުކޮށްފައިވާކަމަށް ބުނެ ބީޖީގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ރެފްރީ ގާތު ޝަކުވާކޮށްފަ އެވެ.
އިއްޔަގެ މެޗް ލިބުނު ތިން ޕޮއިންޓާއެކު ހަ ޕޮއިންތް ލިބިގެން އެޓީމް އޮތީ ތާވަލްގެ އެއްވަނައިގަ އެވެ. ވެލެންސިއައަކީ މިމުބާރާތުގެ އެންމެ ކާމިޔާބު ތީމެވެ. އެޓީމުން ވަނީ ވޭތުވެދިޔަ ތިން އަހަރު ވެސް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދަފަ އެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗްގައި ބައްދަލު ކުރާނީ މާޒިޔާއާއި ވިކްޓްރީ މިމެޗްގައި ވިކްޓްރީއަށް ކުރިން ކުޅުނު މާޒިޔާގެ މިހާރުގެ ކޯޗް ޢަލި ސުޒޭން ނިކުންނާނީ އޭނާ ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ވިކްޓްރީއާ ދެކޮޅަށެވެ.