29 Jun 2015, 12:46
ސައުތު ހެމްޓަންއަށް ކުޅެމުންދާ އިނގިރޭސި ގައުމީ ޓީމްގެ ކަނާތު ބެކް ނިތަނިއަލް ކްލައިން ލިވަޕޫލަށް ބަދަލުވުމަށް ހުރިހާ ކަމެއް ނިންމައިފި އެވެ.
އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ މިއަދު ލިވަޕޫލްގެ މެޑިކަލް ޓެސްޓްތައް ހަދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ކްރިސްޓަލަ ޕެލަސްއިން 2008 ވަނަ އަހަރު ސީނިއާ ކެރިއާ ފަށައި 2012 ވަނަ އަހަރު ސައުތު ހެމްޓަންއަށް ބަދަލުވި ކްލައިން ލިވާޕޫލާ ގުޅެން ހަމަޖެހިފައި ވަނީ 12.5 މިލިއަން ޕައުންޑަށެވެ.
އޭނަ ވަނީ ސަތު ހެމްޓަންއަށް 104 މެޗް ކުޅެދީ ފަސް ގޯލް ކާމިޔަބުކޮށްފަ އެވެ.
މިދިޔަ މަހު ލިވަޕޫލުން ކްލައިންއަށް ޝައުގުވެރިކަން ފާޅު ކުރިއިރު އެ ޓީމުން އޭރު ޓްރާންސްފަ އަގެއްގެ ގޮތުގައި ހުށަހެޅީ 10 މިލިއަން ޕައުންޑެވެ. ނަމަަވެސް ކްލައިންއަށް މެންޗެސްޓާ ޔުނައިޓެޑުންވެސް ޝައުގުވެރިކަން ފާޅު ކުރުމުން ލިވަޕޫލުން ހުށަހެޅަ އަގު ބޮޑު ކުރީ އެވެ.
ލިވަޕޫލްއިން ކުލައިން އެ ޓީމަށް ގެނެސްފައި ވަނީ އެ ޓީމްގެ ކަނާތު ބެކަށް ކުޅެމުންދިޔަ ގުލެން ޖޯންސަންގެ ޓްރާންސްފާ މުއްދަތު ހަމަވުމުން އެނާ ދޫކޮށްލުމަށްފަހުއެވެ.
އުމުރުން 30 އަހަރުގެ ގުލެން ޖޯންސަންއަށް ފިޓްނަސް މައްސަލަތަކާ ހެދި އޭނާގެ އަސްލު ކުޅުން ވަނީ ދެއްކޭ ގޮތް ނުވެފައެވެ.
ކްލައިން ލިވަޕޫލްއާ ގުޅެން ހަމަޖެހުމާއެކު ހޫނު މޫސުމުގެ ޓްރަންސްފަރ ޕީރިއަޑުގައި އެ ޓީމުން ވަނީ ހަ ކުޅުންތެރިޔަކު އެޓީމަށް ގެނެއުމަށް ހަމަޖެހިފަ އެވެ.
އެއީ ކްލައިންގެ އިތުރުން ބޯލްޓަން ވެންޑަރަސްއަށް ކޫލެމުން ގެންދާ ހަންގޭރީ ގައުމީ ޓީމްގެ ގޯލް ކީޕަރު އެޑަމް ބޮގާން އާއި އިނގިރޭސި 21 އަހަރުން ދަށުގެ ގައުމީ ޓީމްގައި މޮޅު ކުޅުމެއް ދެއްކި ދެވަނަ ޑިވީޝަންގެ ކުލަބު ބާންއަށް ކުޅެމުންދާ ފޯވަޑް ޑެނިއަލް ވިލިއަމް ޖޯންސް (ޑެނީ އިންގްސް) އާއި މެންޗެސްޓާ ސިޓީގެ މިޑްފީލްޑާ ޖޭމްސް މިލްނާއާއި ޗާލްޓަން އެތުލެޓިކުން މިދިޔަ ސީޒަންގައި ސީނިއާ ކެރިއާ ފެށި ޢުމުރުން 18 އަހަރުގެ ޖޮއޭ ގޯމޭޒް އާއި ދާދި ފަހުން ލިވަޕޫލްގެ ކޮންޓްރެކްޓްގައި ސޮއި ކުރި ބްރަޒިލް ގައުމީ ޓީމްގެ ރޮބާޓޯ ފާމިނޯއެވެ.