29 Jun 2015, 11:19
ރާއްޖެ އިން މެލޭޝިޔާ އަށް ކަނޑައަޅާ ސަފީރެއްގެ ގޮތުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން އައްޔަންކުރުމާ މެދު ގޮތެއް ނިންމުމަށް ފަހުމީގެ ނަން ދިރާސާ ކުރުމުގެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
މެލޭޝިޔާގެ ސަފީރުކަމަށް ފަހުމީ އައްޔަން ކުރެއްވުމަށް މަޖިލީހުގެ މަޝްވަރާ ހޯއްދަވަން ރައީސް ޔާމީން ހުށަހެޅުވީ، ރާއްޖެ އިން މެލޭޝިޔާ އަށް ކަނޑައެޅުއްވި ސަފީރު މުހައްމަދު ފަޔާޒު (އެފްއޭ) އިސްތިއުފާދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
ފަހުމީ މިހާރު ވެސް ހުންނެވީ ރާއްޖެ އިން މެލޭޝިޔާއަށް ކަނޑައަޅާފައިވާ ސަފީރުގެ ނައިބު ކަމުގެ މަގާމުގަ އެވެ.
ފަހުމީ އަކީ ތައުލީމީ ދާއިރާއަށް ވެސް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.