29 Jun 2015, 10:34
އެސްޓީއޯއިން ބިސް ހޯލްސޭލް ކުރުން ވަގުތީގޮތުން އިއްޔެ ހުއްޓާލުމަށް ފަހު މިއަދު އަލުން ބިސް ހޯލްސޭލް ކުރަން ފަށައިފިއެވެ.
އިއްޔެ ވަނީ އެސްޓީއޯ ސުޓޮކްއިން ބިސް ހުސްވުމުން ބިސްކޭސް ވިއްކުން ހުއްޓާލައި ކޮންމެ މީހަކަށް ބިސް ޓުރޭއެއްގެ ރޭޓުން ބިސްް ވިއްކަން ވަނީ ފަށާފަ އެވެ.
އެސްޓީއޯގެ ސުޕަމާޓުގެ ހެޑް ފާތިމަތު އާޝާން "ސަން" އަށް ވިދާޅުވީ، އަނެއްކާވެސް މިއަދު ބިސް ހޯލްސޭލް ކުރަން ފަށާފައިވާ ކަމަށެވެ. މިއަދު ބިސް ވިއްކަމުން އަންނަނީ މީހަކަށް ބިސް ކޭހެއްގެ ރޭޓުން ކަމަށް އެސްޓީއޯ ހަ ނަމްބަރު ކޮށިންނެވެ.
ބިސްކޭހެއް ވިއްކަނީ 270 ރުފިޔާ އަށެވެ.
އެސްޓީއޯއިން ރޯދަޔަށް ޚާއްސަކޮށް މެދުކެނޑުމެއްނެތި ފިޔާ އާއި އަލުވި ހޯލްސޭލްކޮށް ވިއްކަމުން ދެ އެވެ. އަލުވި ބަސްތާއެއް 118 ރުފިޔާއަށް ވިއްކާއިރު ފިޔާ ބަސްތާއެއް ވިއްކަނީ 220 ރުފިޔާއަށެވެ.