ބޭނުންވާތަކެތި

  • 2 ޖޯޑު ބަތް (ބާސްމަތީ ހަނޑުލުގެ)
  • 2 މޭޒުމަތީ ސަމުސާ ފިޔާ (ހިމުންކޮށް ކޮށާފައި ހުރި)
  • 1/3 ޖޯޑު ހުންނަހާ ކެބެޖް (ހިމުންކޮށް ކޮށާފައި ހުރި)
  • 1/3 ހުންނަހާ ކެރެޓް (ގާނާފައިހުރި)
  • 1/2 މޭޒުމަތީ ސަމުސާ ގިތެޔޮމިރުސް (ހިމުންކޮށް ކޮށާފައިހުރި)
  • 2 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް ނުވަތަ މަޑު މުށި ކުލަ ހިފާވަރަށް ސޯޔާސޯސް
  • 1 ސައި ސަމުސާ ލޮނުމެދު އިނގުރު (ޗިސްކޮށްފައި ހުރި)
  • 1/3 ޖޯޑު ހުންނަހާ ތުނިކޮށް ކޮށާފައިހުރި ބީންސް
  • 1/2 ސައިސަމުސާ އަޖިނަމޮޓޯ
  • 1/3 ސައި ސަމުސާ މުގުރިި އަސޭމިރުސް
  • 1/2 ޖޯޑު ކުކުޅު މަސް (ހިމުންކޮށް ކޮށާފެނުކައްކާފައި ހުރި)
  • 1/3 ޖޯޑު ގެރިމަސް ކުދިކޮށް ކޮށާފެނު ކައްކާފައި ހުރި
  • 1/3 ޖޯޑު ޓޫނާ (މަސްދަޅު)
  • ލޮނުކޮޅެއް
  • ތެޔޮފޮދެއް

ތައްޔާރުކުރާނެގޮތް

ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާލުމަށްފަހު ތެޔޮފޮދު ހޫނުވީމާ ފިޔާ، މިރުސް، ކެބެޖް، ކެރެޓް، ބީންސް، އެއްކޮށް އަޅާލާފައި ފިޔާކޮޅު މޯޅިވަންދެން ދޭފަތުން ހަލަމުންދާށެވެ. ދެން ބާކީހުރި ހުރިހާބާވަތް ތައް ފަހަރަކު ބާވަތެއް އަޅާފައި އެއްކޮށްފައި ރަހަ ނިކުތުމުން ބަތް ކޮޅު އަޅާފައި އެއްކޮށްލުމަށްފަހު އުނދުންމަތިން ބާލާށެވެ.

ނޯޓް: މިކްސްޑް ފްރައިޑް ނޫޑްލްސް ވެސް ތައްޔާރުކުރާނީ ހަމަ މިގޮތަށް! ބަދަލުވާނީ ހަމަ އެކަނި ނޫޑްލްސް ކޮޅު.